ހަދަމުންދާ ރިސޯޓެއް
ރިސޯޓުތައް މަރާމާތަށް ބަންދުކުރާނަމަ، ކުލި ދެއްކުން ފަސްކޮށްފައިވާ މުއްދަތު ތިން އަހަރަށް އިތުރުކޮށްދިނުމަށް ޓުއަރިޒަމް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ 'ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު' އަށް މިއަދު ގެނެވުނު ތިންވަނަ އިސްލާހުގައެވެ. މި އިސްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މި ގަވާއިދުގެ ދަށުން ހިނގަމުންދާ ރިސޯޓެއްގެ ފެންވަރު މަތިކުރުމަށްޓަކައި ރީޑެވެލޮޕްމަންޓް މުއްދަތުގެ ގޮތުގައި މުޅި ރިސޯޓް އެކީގައި ބަންދުކުރާނަމަ، އެ މުއްދަތުގެ ކުލި ދެއްކުން ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. މި ގަވާއިދު 2022 ގެ ޑިސެމްބަރުގައި އެންމެ ފުރަތަމަ ގެޒެޓްކުރިއިރު، ރީޑެވެލޮޕްމަންޓަށް ތަނެއް ބަންދުކުރުމަށް ހުއްދަ ދެވެނީ ފުރަތަމަ ގިނަވެގެން 18 މަސްދުވަހަށް ނުވަތަ ދެ އަހަރުގެ މުއްދަތަކަށެވެ. އަދި %50 މަސައްކަތް ފުރިހަމަކޮށްފައިވާނަމަ، އިތުރު އެއް އަހަރަށް މުއްދަތު ދިގުކުރުމުގެ ފުރުޞަތު ލިބެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 8 ގައި ގަވާއިދަށް ގެނައި އިސްލާހާއެކު އޭރު ބަންދުކޮށްފައި ހުރި ތަންތަނަށް އިތުރު އެއް އަހަރު ލިބޭ ގޮތަށް ހެދި ނަމަވެސް، އަލަށް މިފަދަ މުއްދަތެއް ދޭއިރު އޮންނަނީ ގިނަވެގެން ދެ އަހަރު ދޭ ގޮތަށެވެ. އެހެންނަމަވެސް، ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން 18 މަސްދުވަސް ނުވަތަ އެއް އަހަރާއި ބައިގެ ބަދަލުގައި މިހާރު އޮތީ، ގިނަވެގެން 36 މަސްދުވަސް ނުވަތަ ތިން އަހަރުގެ މުއްދަތަކަށް ކުލި ފަސްވާ ގޮތަށެވެ.
މީގެ އިތުރުން، މުޅި ރިސޯޓް އެކީގައި ތަޅާލައި އަލުން ތަރައްޤީކުރާނަމަ، ގިނަވެގެން 42 މަސް ނުވަތަ ތިން އަހަރާއި ބައިގެ މުއްދަތަކަށް ކުލި ފަސްވާ ގޮތަށް ހުއްދަ ދޫކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ދީފައިވެއެވެ. މި އިސްލާހާއެކު، އަލަށް ހަދާ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށްވެސް ލުއިތަކެއް ދީފައިވެއެވެ.
ގަވާއިދުގައިވާ ގޮތުން، ރިސޯޓް ހަދާ ރަށެއް ނުވަތަ އެފަދަ ބޭނުމަކަށް ދޫކޮށްފައިވާ ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ ތިން އަހަރެވެ. އަދި ފަޅެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ، ހަތަރު އަހަރެވެ. އެހެންނަމަވެސް ބައެއް ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، އެ މުއްދަތުތައް އިތުރުކުރުމުގެ އިޚްތިޔާރު ގަވާއިދުން ދީފައިވެއެވެ.
ކުރިން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މުއްދަތު އިތުރުކުރުމަށް މިނިސްޓްރީން އެ ތަން ބަލައި ފާސްކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަން ކަށަވަރުކުރަންޖެހެއެވެ. އަދި މަސައްކަތް ނިމިފައިނުވާކަން ބަޔާންކޮށްދޭ ރިޕޯޓެއް، ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ ސަރވެޔަރެއް ނުވަތަ އިންޖިނިއަރެއްގެ ސެޓިފިކޭޝަނާއެކު ހުށަހަޅަންޖެހެއެވެ.
އެހެންނަމަވެސް، މިހާރު ގެނެވުނު އިސްލާހުގައި މި ޝަރުތުތައް އުނިކޮށް، އިތުރު ލުއިތަކެއް ދީފައިވެއެވެ. އެގޮތުން އިސްލާހުގައި ބަޔާންކޮށްފައިވަނީ، ކޮންސްޓްރަކްޝަން މުއްދަތު ހަމަވާއިރު، އެތަނެއް ހިންގަން ފެށިފައިނުވާނަމަ، މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަމުގެ އިޤްރާރެއް މިނިސްޓްރީއަށް ހުށަހެޅުމުން މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ.
މިނިސްޓްރީން ބަލާ ބެލުމުގައި އެ އިޤްރާރާ ޚިލާފަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވިއްޖެނަމަ، ހުއްދަ ބާޠިލުކުރެވޭނެކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މި އިސްލާހުތަކާއެކު، ރިސޯޓުތައް ތަރައްޤީކުރުމަށާއި އަލުން ތަރައްޤީކުރުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ކޮމެންޓް