މާލޭގެ މަގުތަކުގެ މައްސަލަތައް ދެނެގަތުމަށް ސާރވޭއެއް ފަށައިފި

މާލެ ސިޓީ

މާލެ ސިޓީގެ މަގުތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ޚާއްސަ  ސަރވޭއެއްގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި ސަރވޭ ކުރިއަށް ގެންދަނީ 19 ދާއިރާއަކަށް ބަހާލައިގެންނެވެ.

ސަރވޭގެ މަސައްކަތް ނިމުމުން މަގުތަކުގައި ހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނަން ހުންނާނެއނެއެވެ. މީގެ ތެރޭގައި ހަލާކުވެފައިވާ މަގުތަކާއި، ކާނުތަކާއި، ދުވާރުތަކާއި، އަދި ޢިމާރާތްކުރުމުގެ ގަވާއިދާ ޚިލާފަށް ހުރި ތަންތަނުގެ މަޢުލޫމާތު ހިމެނޭނެއެވެ.

މި މަސައްކަތުގައި މާލޭގެ ކައުންސިލަރުންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވާނެއެވެ. ސަރވޭގެ ނަތީޖާ ބޭނުންކޮށްގެން އިސްކަންދޭންޖެހޭ މައްސަލަތައް އަވަހަށް ޙައްލުކުރެވޭނެކަމަށް ކައުންސިލުން ބުނެއެވެ.

މާލޭގެ މަގުތަކުގައި ހުރި އެކިއެކި މައްސަލަތަކާ ގުޅިގެން ޢާންމުންގެ ޝަކުވާ އިތުރުވެފައިވެއެވެ. މި ސަރވޭއިން މަގުތަކުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް މަގުފަހިވާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭގެ މަގުތަކުގެ މައްސަލަތަކުގެ ތެރޭގައި މަގުމައްޗަށް ފެންފައިބާ ތަންތަނުގެ މައްސަލަތައްވެސް ހިމެނެއެވެ. ނިމިދިޔަ ހަފްތާގައި އެކަނި 44 ތަނެއް ބަލައި، 11 ތަނެއްގެ މައްސަލަ ޙައްލުކުރެވި، 30 ތަނަކަށް ރަނގަޅުކުރުމަށް ނޯޓިސް ދީފައިވާކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.

މާލޭގެ މަގުތަކުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން މަސައްކަތްކުރަމުންދެއެވެ. "މާލެ ފަހި" މަޝްރޫޢުގެ ދަށުން މަގުތަކަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ދާއިމީ ޙައްލު ލިބޭނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ. މި މަސައްކަތްތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ މައްސަލަ ހައްލުވެ، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy