ފަޒީސް ކްލިކް
ހެލްތު މިނިސްޓްރީގެ ހުއްދަ ނެތި، ރަޖިސްޓްރީ ނުކޮށް ގަވާއިދާ ޚިލާފަށް ހިޖާމާ ޖެހުމުގެ މަސައްކަތް ކުރަމުންދާތީ ފަޒީލާ އުސްމާން ހިންގަމުންދާ 'ފަޒީސް ހިޖާމާ ތެރަޕީ' ކްލިނިކްގެ ޚިދުމަތްތައް ހުއްޓާލަން ފުލުހުން އަންގައިފި އެވެ.
މި މައްސަލަ ހެލްތު މިނިސްޓްރީން ފުލުހަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއަށްފަހު ފުލުހުން ވަނީ މައްސަލަ ބަލައި، ކްލިނިކްގެ ވެރިފަރާތަށް ގާނޫނީ ގޮތުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށާއި، އެ ހުއްދަތައް ލިބެންދެން ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލުމަށް ލިޔުމުން އަންގާފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކުރިއަށްގެންދާ ތަޙުޤީޤަށް ހިޖާމާ ކްލިނިކްގެ ވެރިފަރާތުން އެއްބާރުލުން ދެމުންދާ ކަމަށެވެ.
މީގެ ކުރިން ވެސް ފަޒީލާގެ ކްލިނިކާ ގުޅޭ މައްސަލަތައް ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި ހަކުރު ބަލީގެ މީހުންނަށް އިންސިއުލިންގެ ބަދަލުގައި ހިޖާމާ ޖެހުމަށް ލަފާދިނުމާއި، ތަން ރަޖިސްޓްރީ ނުކޮށް ހިންގުން ހިމެނެއެވެ.
ފަޒީލާ ބުނެފައިވާ ގޮތުގައި، ކޮންމެ ސެޝަނަކަށް 1,000 ރުފިޔާގެ މަގުން ދުވާލަކު 30,000 ރުފިޔާގެ އާމްދަނީއެއް ލިބޭ ކަމަށާއި، މަހެއްގެ މައްޗަށް 800,000 ރުފިޔާ ލިބޭ ކަމަށް އޭނާ ބުނެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް