ރަޝިޔާ އިން އީރާނާއިއެކު މުހިއްމު އެއްބަސްވުމެއްގައި ސޮއިކުރަނީ

ރަޝިޔާ އާއި އިރާނުގެ ގުޅުން ވަރުގަދަވަނީ

ރަޝިޔާއިން އީރާނާއެކު "އިންކްލޫސިވް ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމެއް"ގައި ސޮއިކުރުމުގެ ތައްޔާރީތައް ވަމުންދާކަމަށް ރަޝިޔާގެ "އާރުޓީ" ޓީވީ ނެޓްވާކުން ހާމަކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިފާއީ، ވިޔަފާރި އަދި އިގުތިސާދީ މަސްލަހަތުތައް ހިމެނޭނެއެވެ.

އެއްބަސްވުމުގެ ދަށުން އީރާނަށް ރަޝިޔާގެ މަތީ ފެންވަރުގެ އަސްކަރީ ސިނާއަތްތަކުގައި ބައިވެރިވުމާއި، ޒަމާނީ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރަޝިޔާގެ ގޭސް އީރާނުގެ މަގުން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހޮޅިތައްވެސް އަޅާނެއެވެ.

އަނެއްކޮޅުން، އެމެރިކާގެ ނުފޫޒު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދަށްވަމުންދާކަން ފާހަގަކުރެވެއެވެ. އިރާގުން އެމެރިކާގެ ސިފައިން ފޭބުމަށް އެއްބަސްވެފައިވުމާއި، އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ބެލުމުގެ ފުރުސަތު ގެއްލުމަކީ އެމެރިކާގެ ކަންބޮޑުވުންތަކެވެ.

އީރާނާއި އިންޑިއާ އާ ދެމެދު ބަދަހިވަމުންދާ އިގުތިސާދީ ގުޅުންތަކާއި، "ބްރިކްސް" ޖަމާއަތުގައި އިތުރު ގައުމުތައް ބައިވެރިވާން ތައްޔާރުވުމަކީވެސް އެމެރިކާގެ ކަންބޮޑުވުންތަކެވެ.

މި ހުރިހާ ކަމަކީ ދުނިޔޭގެ ބާރުގެ ވަޒަން ބަދަލުވަމުންދާކަމުގެ ހެކިތަކެއް ކަމަށް ބެލެވެއެވެ. އެމެރިކާގެ ނުފޫޒު ދަށްވަމުން ދާއިރު، ރަޝިޔާ އަދި އީރާން ފަދަ ގައުމުތަކުގެ ބާރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy