ރައީސުލްޖުމުހޫރިއްޔާ އދ. ގެ ބައްދަލުވުމުގައި / ފޮޓޯ:ރައީސް އޮފީސް
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް، ޑިޖިޓަލް ދާއިރާއިން ކުދި ގައުމުތަކުން ތަރައްގީ ހޯދަން ޖެހޭ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އދ.ގެ ސަމިޓް އޮފް ދަ ފިއުޗާގެ އިންޓެރެކްޓިވް ޑައިލޮގްގެ ކޯ-ޗެއާގެ ގޮތުގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ގައުމުތަކުގެ މުސްތަގުބަލު ބިނާވެފައިވަނީ އާޓިފިޝަލް އިންޓެލިޖެންސްއަށް ކަމަށްވާއިރު، ދުނިޔޭގެ ތިންބައިކުޅަ އެއް ބަޔަށް އިންޓަނެޓުގެ ހިދުމަތް ނުލިބޭކަން ފާހަގަކުރައްވާފައެވެ. އަދި ޑިޖިޓަލައިޒޭޝަނަށް ގައުމުތަކަށް ފުރުސަތު ނުލިބުމަކީ ތަރައްގީއާއި ފުރުސަތުތަކަށާއި އިންސާފަށް އޮތް ހުރަހެއް ކަމަށާއި އެކަމުގެ ސަބަބުން ގައުމުތަކުން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް ވަނީ ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ޑިޖިޓަލް އިގްތިސާދުގައި ބައިވެރިވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމާއި، ޑިޖިޓަލައިޒޭޝަން ހާސިލު ކުރަމުންދާއިރު ކޮންޒިއުމަރުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ގޮތްތައް ގާއިމު ކުރުން ހިމެނެއެވެ.
ރާއްޖޭގައި މިހާރުވެސް މި ދާއިރާތަކުން މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ނޭޝަނަލް ސެންޓަރ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ނޭޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީ މެދުވެރިކޮށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި ސައިބާ ސެކިއުރިޓީ ކަށަވަރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް