ޕާޓީން ވަކިވުމަށް އެދޭ މެންބަރުންނަށް އީސީން ލުއިފަސޭހަކޮށްދީފި

އިލެކްޝަން ކޮމިޝަން

ސިޔާސީ ޕާޓީން ވަކިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް (އީސީ) ހުށަހެޅޭނެ ގޮތްތައް މިއަދު ފަސޭހަކޮށްދީފި އެވެ.

އީސީން ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ގެނައި ނުވަ ވަނަ އިސްލާހުގައި ބުނެފައިވަނީ ޕާޓީން މެމްބަރަކު ވަކިވުމަށް އެދޭތާ 14 ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްދީފިނަމަ، އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުން އޭނާގެ ނަން، ޕާޓީގެ ދަފްތަރުން އުނިކޮށްދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ ކުރިން ގަވައިދަވައިދު އޮތް ގޮތުން، ޕާޓީން ވަކިކޮށްދިނުމަށް އީސީއަށް ހުށަހަޅަންޖެހެނީ ވަކި ހާއްސަ ފޯމަކުންނެވެ. ނަމަވެސް މިހާރު މި ގެނެވުނު ބަދަލާ އެކު، މެންބަރުންނަށް ޕާޓީން ވަކިވުމަށް އެދުމުގެ މަގު ތަނަވަސްވެގެން ދާނެ އެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ގެނެވުނު އަނެއް މުހިންމު އިސްލާހަކީ، ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާ މެންބަރުންނާ ގުޅޭ ގޮތުންނެވެ. މި އިސްލާހުގެ ދަށުން، ކުރީގައި ހުރި ޕާޓީއަށް ބަދަލުވުމަށް އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ނޭނގި ރަޖިސްޓްރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށް، ކުރިން ހުރި ޕާޓީއަށް އީސީން އަލުން ވައްދައިދޭން ޖެހޭނެ އެވެ.

ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، މި ފަހުން ވަނީ އެފަދަ  މައްސަލައެއްގައި ފުރަތަމަ ފަހަރަށް ދައުވާ ވެސް ކޮށްފައެވެ. މި ބަދަލުތަކާ އެކު، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޙައްޤުތައް އިތުރަށް ހިމާޔަތްކުރެވި، ޕާޓީތަކުގެ މެންބަރޝިޕް ބެލެހެއްޓުމުގައި އިތުރު ހަރުދަނާކަމެއް ގެނެވޭނެ ކަމަށް އީސީން އުންމީދު ކުރެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy