އަލްޖަޒީރާގެ ނޫސް އިދާރާއަށް އިސްރާއިލް ސިފައިން ވަނުން
އިސްރާއީލުން ފަލަސްތީނުގެ ރާމަﷲ ގައިވާ އަލްޖަޒީރާގެ އޮފީސް ބަންދުކުރުމާ ގުޅިގެން އެ ޗެނަލުން އެކަން ކުށްވެރިކޮށްފިއެވެ.
އަލްޖަޒީރާއިން ބުނެފައިވަނީ މި ފިޔަވަޅަކުން އިސްރާއީލުގެ އަމަލުތަކުގެ އަޑު ކަނޑުވާނުލެވޭނެ ކަމަށެވެ.
އިއްޔެ އިސްރާއީލު ސިފައިން އަލްޖަޒީރާގެ އޮފީހަށް ވަދެ، މުވައްޒަފުންނަށް ބިރުދައްކައި، ތަކެއްޗަށް ގެއްލުންދިނުމަށްފަހު އެތަން ބަންދުކުރިއެވެ. އަލްޖަޒީރާއިން ބުނެފައިވަނީ އެ އޮފީސް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ފަލަސްތީނު ވެރިކަމުގެ އިދާރާއިން ކަމަށާއި، އިސްރާއީލަށް އެތަން ބަންދުކުރުމުގެ ޤާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ.
އަލްޖަޒީރާއިން އިތުރަށް ބުނެފައިވަނީ މިނިވަން ނޫސްވެރިކަމުގެ އަޑު ކަނޑުވާނުލެވޭނެ ކަމަށާއި، ޣައްޒާގައި އިސްރާއީލުން ހިންގާ އަމަލުތަކުގެ ހަޤީޤަތް ދުނިޔެއަށް ހާމަކުރުން ހުއްޓުމަކަށް ނާންނާނެ ކަމަށެވެ.
ފާއިތުވި 11 މަހުގެ ތެރޭގައި އިސްރާއީލުން ވަނީ 150 އަށްވުރެ ގިނަ ނޫސްވެރިން މަރާލާފައިވާ ކަމަށާއި، މީގެ ކުރިން ޣައްޒާގައި ހުރި އަލްޖަޒީރާގެ އޮފީސް ވެސް ތަޅާލާފައިވާ ކަމަށް އެ ޗެނަލުން ފާހަގަކޮށްފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް