މިނިސްޓަރ އަޙްމަދު ޝިޔާމް
ރާއްޖޭގައި މަސް ޕްރޮސެސްކުރާ ތިން ކާރުޚާނާއެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މަސްދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ލޯނު ދޫކުރުމުގެ މަޝްރޫޢު އަލުން ފެށުމުގެ ރަސްމިއްޔާތުގައެވެ.
ވަޒީރު ޝިޔާމް ވިދާޅުވިގޮތުގައި މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބާނާ މަސް ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރަން ޖެހުމެވެ. މިކަމުގެ ސަބަބުން މަހަށް ލިބެންވާ ހަމަ އަގު ނުލިބޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، މަހަށް ހަމައަގު ހޯދައިދިނުމަށާއި އަގު އިތުރުކޮށްގެން މަސް ބޭރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ޕްރޮސެސްކުރެވެނީ ދުވާލަކު ގާތްގަނޑަކަށް 110 މެޓްރިކް ޓަނުގެ މަސްކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އަލަށް ތަރައްޤީކުރާ ކާރުޚާނާތަކާއެކު މި ޢަދަދު ގާތްގަނޑަކަށް 300 މެޓްރިކް ޓަނަށް އިތުރުވެގެންދާނެކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މިހާރު ރޯމަހުގެ ގޮތުގައި ބޭރުކުރާ މަހުގެ ބޮޑު އިންސައްތައެއް އަގު އިތުރުކުރެވިގެން ބޭރުކުރެވޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމް ދެއްވި މަޢުލޫމާތުގައި، މިހާރު ރަނގަޅު މަސްވެރިކަމެއްގައި މަސް އެކްސްޕޯޓްކޮށްގެން 92 މިލިޔަން ޑޮލަރާއި 95 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ރާއްޖެއަށް ލިބޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އައު ކާރުޚާނާތަކާއެކު މި އަދަދު ދެގުނަ ކުރެވޭނެކަމަށް ވަޒީރު އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޚާއްޞަކޮށް ކަނޑުބިލަމަހުން ލިބޭ އާމްދަނީ ބޮޑަށް އިތުރުވެގެންދާނެކަމަށްވެސް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް