ޕޮލިސް އާދަމް ހަލީމް މަރާލި ކަމަށް ދައުވާކޮށްފައިވާ ސަމާހު
މީގެ 10 އަހަރު ކުރިން ކ. ކާށިދޫގައި ޑިއުޓީގައި ހުއްޓައި ޕޮލިސް އާދަމް ހަލީމް މަރާލި މައްސަލާގައި މުހައްމަދު ސަމާހު މެރުމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، ކްރިމިނަލް ކޯޓުގައި އަލުން ޝަރީއަތް ފަށަން. ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ،
މި ހާދިސާ ހިނގީ 23 ޖުލައި 2012 ގައެވެ. ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައިވެއެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ސަމާހުގެ ފަރާތުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، ސަމާހު ކުރި ކުށަށް އެއްބަސްވީ މަޖުބޫރު ކަމެއް އޮވޮވެގެން ކަމަށް އޭނާ ބުނާ ބުނުމަށް ބުރަދަން ދޭން ޖެހޭ ކަމަށެވެ. އަދި އިއުތިރާފަށް ބާރު ދޭ އިތުރު ހެކި/ގަރީނާ ހުރި ނަމަ އެކަނި އިއުތިރާފު ބަލައިގަނެވޭނެ ކަމަށެވެ.
ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ކްރިމިނަލް ކޯޓުގައި އަލުން ޝަރީއަތް ފަށާއިރު، ސަމާހަށް އަނިޔާކުރި ކަމަށް އޭނާ ބުނާ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމުގެ ފުރުސަތު ދިނުމަށާއި، އިއުތިރާފަށް ބާރުދެވޭ އިތުރު ހެކި/ގަރީނާ ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ދިނުމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް