---
ސްރީ ލަންކާގެ އާ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ (އޭކޭޑީ) މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.
އާދީއްތަ ދުވަހު ބޭއްވި އިންތިހާބު 55 އަހަރުގެ އޭކޭޑީ ކާމިޔާބުކުރެއްވީ 37 ކެންޑިޑޭޓަކާ ވާދަކޮށެވެ. ލަންކާގެ ރައީސްކަމުގެ ހުވާ މިއަދު އޭނަ އަށް ލައި ދެއްވީ ގާނޫނު ހަދާ މަޖިލީހުގައި އޮތް ރަސްމިއްޔާތެއްގައި އުއްތަމަފަނޑިޔާރެވެ.
އޭކޭޑީ އަކީ ލަންކާގެ 9 ވަނަ ރައީސެވެ.
ޑިސަނަޔަކަ އިންތިހާބު ކާމިޔާބު ކުރެއްވީ ޕްރިފެރެންޝަލް ވޯޓުތަކާއެކު ޖުމްލަ 5.74 މިލިއަން ވޯޓުންނެވެ. އޭނައާ އެންމެ ގާތުން ވާދަ ކުރެއްވި ސަމާގީ ޖަނާ ބަޓަވެގަޔާ (އެސްޖޭބީ) ގެ ކެންޑިޑޭޓް ސަޖިތު ޕްރެމަޑާސާ އަށް ލިބިވަޑައިގެންނެވީ 4.5 މިލިއަން ވޯޓެވެ.
ޕީޕަލަސް ލިބަރޭޝަން ޕާޓީ (ޖޭވީޕީ) އަށް ނިސްބަތްވާ އޭކޭޑީ އަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ދިގު މުއްތަކަށް ކުރައްވާފައުވާ އަދި ކުރިން މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނަ ކުރިން އެގްރިކަލްޗަ، ލޭންޑް އެންޑް ލައިވްސްޓޮކް މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި އެވެ. އެއީ 2000-2004 އަށެވެ.
ލަންކާގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އާދީއްތަ ދުވަހުގެ އިންތިހާބުގައި ވެސް ވާދަކުރެއްވި ރަނިލް ވިކްރަމަސިންހަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް