އިޤްތިޞާދު ސިންދަފާތުކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުން: ރައީސް މުއިއްޒު

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އިޤްތިޞާދު ސިންދަފާތުކޮށް، ޑިޖިޓަލައިޒްކުރުމަށް ކުދި ޖަޒީރާ ޤައުމުތަކުން ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ.ގައި ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރގެ ތެރެއިން ބޭއްވުނު ސިޑްސްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އުފެއްދުންތެރިކަން އިތުރުކުރުމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެ މިހާރު ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ހިމެނުމާއެކު، އެހެން ކުދި ޖަޒީރާ ޤައުމުތަކެކޭ އެއްފަދައިން ބައެއް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. މި ދަތިތަކުން އަރައިގަތުމަށް އިޤްތިޞާދު ސިންދަފާތުކޮށް، އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވަނީ އިޤްތިޞާދު ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަމަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި ޒުވާނުންނަށް ޑިޖިޓަލް ހުނަރުތައް ދަސްކޮށްދިނުމުން ގްލޯބަލް ކްރިއޭޓިވް އިކޮނޮމީގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދީގޮތުން ކުރިއަރައި، ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރާ މަސައްކަތަށް ބައިނަލްއަޤްވާމީ ޕާޓްނަރުންގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އަދި އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ފަރާތްތަކުން މިކަމުގައި ބައިވެރިވެ، އެހީތެރިވެދެވޭނެ ގޮތްތައް ހޯދަންޖެހޭކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުމަށާއި އެކަމާ ގުޅޭ މުއައްސަސާތައް ހަރުދަނާކުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

37 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy