ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ބުރަ މަސައްކަތްތަކެއްކުރޭ
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ 10 މަސްދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.
ސަރުކާރަށް 10 މަސް ފުރުމާ ގުޅިގެން އިމިގްރޭޝަނުން ޢާންމުކުރި މަޢުލޫމާތުތަކުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 4،054 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ބިދޭސީން ފޮނުވާލާފައިވަނީ މިދިޔަ ޖޫން މަހުގައެވެ. އެ މަހު 690 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. އަދި އޭގެ ފަހުން ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ފޮނުވާލާފައެވެ. މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށްވެސް 663 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ފަހަކަށް އައިސް އިމިގްރޭޝަނުން ވަނީ ބޮޑެތި ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޮޑެތި ވިޔަފާރި ކުރާ މީހުންނާއި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުނު މީހުން ވަނީ ހޯދާފައެވެ.
މިކަމުން ދައްކުވައިދެނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. އަދި މި މައްސަލައަށް ޙައްލެއް ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތައް ދަނީ ކުރިއަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް