ރައީސުލްޖުމުހޫރިއްޔާ ތަޤްރީރުކުރައްވަނީ
ދުނިޔެއަށް މިހާރު ބޭނުންވަނީ ހިޔާލީ ވާހަކަތަކެއް ދައްކާ ނިޒާމެއް ނޫންކަމަށާއި، ކުރިމަތިވެފައިވާ މައްސަލަތަކަށް އަމަލީގޮތުން ހައްލު ހޯދައިދޭނެ ނިޒާމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗަރ" ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ސަމިޓަކީ ޤައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަޤުބަލު ރައްކާތެރިކުރުމަށް އެންމެންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މަލްޓިލެޓަރަލް ސިސްޓަމްތައް މެދުވެރިކޮށް ކަންކަން ހަޤީޤަތަކަށް ހެދުމަށްޓަކައި ޒުވާނުން ބާރުވެރިކުރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، އަދި މާލީގޮތުން ޤައުމުތައް ބާރުވެރިކުރުވުމަށް އިސްކަންދޭންޖެހެއެވެ. މިގޮތުން، ޒުވާނުން ބާރުވެރިކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޒުވާނުން ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީތައް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމަށް ސަރުކާރުން އިންވެސްޓްކުރަމުންދާކަމަށެވެ.
ރައީސް ވިދާޅުވީ، އަންނަން އޮތް ޖީލުތަކުން ބަލާނީ ދައްކާފައި ހުރި ވާހަކަތަކަށް ނޫންކަމަށާއި، އަމަލީގޮތުން ކޮށްފައިވާ މަސައްކަތްތަކަށް ކަމަށެވެ. މިގޮތުން، މިހާރުގެ ޖީލުތަކުން ބޭނުންވަނީ ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދޭ ނިޒާމަކާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ހިތްވަރާއެކު ކުރިމަތިލާނެ ލީޑަރުންތަކެއް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމީ މައްސަލަތަކާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަކީ ހިޔާލީ ކަމެއް ނޫންކަމަށާއި، އެއީ ދުނިޔޭގެ 62 އިންސައްތަ ޒުވާނުންނަށް އެކަމުގެ އަސަރު ކުރަމުންދާ ކަމެއްކަމަށެވެ.
ނިންމާލަމުން ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވީ، ގާޒާގައި ހިނގަމުންދާ ގަތުލްއާއްމު ހުއްޓުވުމާއި، އދގެ ފުރިހަމަ މެމްބަރުކަން ޕަލަސްތީނުގެ ދައުލަތަށް ދިނުމާއި، އިންސާނިއްޔަތާއި ހިލާފަށް އަމަލުކުރާ ފަރާތްތައް ޒިންމާ
ކުރުވުމަށް ބޭނުންވާ ހިތްވަރު ހުރި ލީޑަރުންތަކެއް މިއަދުގެ ދުނިޔެއަށް ބޭނުންވެފައިވާކަމަށެވެ. މިފަދަ ލީޑަރުންތަކެއް މެދުވެރިކޮށް، ދުނިޔޭގެ މުހިންމު މައްސަލަތަކަށް އަވަސް އަދި ހަރުދަނާ ހައްލުތަކެއް ހޯދިދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"ސަމިޓް އޮފް ދަ ފިއުޗަރ" އަކީ ދުނިޔޭގެ ކަންކޮޅުތަކުން އެއްވެފައިވާ ޤައުމުތަކުގެ އިސްވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި އެހެނިހެން ދާއިރާތަކުގެ މާހިރުން ބައިވެރިވާ މުހިންމު ބައްދަލުވުމެކެވެ. މި ސަމިޓުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެވި، އެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރެވޭނެއެވެ. ރައީސް މުއިއްޒުގެ މި ވާހަކަފުޅުން، މިފަދަ ބައްދަލުވުންތަކުގެ މުހިންމުކަމާއި، އޭގެ ނަތީޖާ އަމަލީ ސިފައެއްގައި ފެންނަން ޖެހޭކަން އިތުރަށް ފާހަގަކޮށްދެއެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް