"ފަޒީސް ހިޖާމާ ތެރަޕީ" ބަންދުކުރުމަށް ފުލުހުންގެ އެހީ ހޯދަނީ

ފަޒީސް ހިޖާމާ ތެރަޕީ

ހުޅުމާލޭގައި ހިންގަމުންދާ "ފަޒީސް ހިޖާމާ ތެރަޕީ" އިން ހެލްތު މިނިސްޓްރީގެ ހުއްދަ ނެތި ހިޖާމާގެ ފަރުވާ ދެމުންދާތީ، އެ ތަން ބަންދުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް ހެލްތު މިނިސްޓްރީން އެދިފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މި މައްސަލަ މިހާރު ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިޖާމާގެ ފަރުވާ ދެމުންދާ ތަންތަނުގެ ތެރޭގައި ހިމެނޭ މި ކްލިނިކް ހިންގަނީ ފަޒީލާ އުސްމާން (ފަޒީ) އެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ފަޒީއާ ބައްދަލުކޮށް ޤާނޫނީ ގޮތުން ރަޖިސްޓަރީކޮށްގެން ހިދުމަތް ދިނުމަށް އެންގުމަށްފަހުވެސް، އެކަމަށް އިޖާބަ ނުދިނުމުން ވަނީ ފިޔަވަޅު އަޅަން ނިންމާފައެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ، ސޯޝަލް މީޑިއާގައި ކުރަމުންދާ އިޝްތިހާރުތަކަކީވެސް މިނިސްޓްރީގެ ހުއްދަ ބޭނުންވާ ކަމެއްކަމާއި، ބަލިމީހުންގެ މެޑިކަލް ރިޕޯޓުތައް ޢާންމުކޮށް ހާމަކުރުމަކީ ރައްކާތެރި ކަމެއް ނޫންކަމެވެ. އެހެންކަމުން މި ކަންކަން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.

ހެލްތު ޕްރޮފެޝަނަލުންގެ ޤާނޫނުގެ ދަށުން، ލައިސަންސް ނެތި ޞިއްޙީ ޚިދުމަތް ދޭ ފަރާތްތަކަށް 75,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ ތަންތަން ބަންދުކުރުމުގެ ބާރުވެސް މިނިސްޓްރީއަށް ލިބިގެންވެއެވެ.

2019 ވަނަ އަހަރުވެސް "ފަޒީސް ހިޖާމާ ތެރަޕީ" ބަންދުކުރުމަށް ހެލްތު މިނިސްޓްރީން އަމުރުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy