މަތީތައުލީމަކީ އިތުބާރު ހިފޭ ތައުލީމަކަށް ހަދަންޖެހޭ
މަތީ ތަޢުލީމް ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އިމްތިހާނުތަކުން %50 އިންސައްތަ ފާސްވާންޖެހޭގޮތަށް އެކްރެޑިޓޭޝަން އުޞޫލަށް ބަދަލު ގެނައުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފިއެވެ.
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިމަންޓްތައް އެހެން މީހުން ލައްވާ ތައްޔާރުކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމެެވެ. މި ބަދަލާއެކު، ދަރިވަރުން ކޯހުން ފާސްވުމަށް އިމްތިހާނުތަކުން 50% އިންސައްތަ ހޯދަންޖެހޭނެއެވެ.
" 50% އިންސައްތަ ކޮންޓްރޯލް އެގްޒާމުން ފާސްވެގެން ނޫނިއްޔާ ފާސްނުވާގޮތަށް ހަދައިފިނަމަ އެސައިމަންޓްގެބައި ކުޑަވެގެންދާނެކަމަށް ޤަބޫލުކުރެވޭ. އެސައިމަންޓް ގަތުމުގެ ބައިވެސް ކުޑަވެގެންދާނެ." ފިޒާނާ ރަޝީދު ވިދާޅުވިއެވެ.
މިހާރު ބައެއް މަތީ ތަޢުލީމުގެ މަރުކަޒުތަކުން އެސައިމަންޓްތަކަށް %40 އިން %70 އާ ދެމެދުގެ މާކްސް ދޭއިރު، ބައެއް މާއްދާތަކުގައި %100 އެސައިމަންޓުން ފާސްވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބެއެވެ. މިކަމުގެ ސަބަބުން އެހެން މީހުން ލައްވާ އެސައިމަންޓް ހަދައިގެން ސަނަދު ހޯދުމުގެ ފުރުޞަތު ބޮޑުވެފައިވާކަމަށް އެމްކިއުއޭއިން ފާހަގަކުރެއެވެ.
ފިޒާނާ ރަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، މި އައު އުޞޫލު ވަރަށް އަވަހަށް ގެޒެޓްކުރެވޭނެއެވެ. އަދި މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މަތީ ތަޢުލީމްދޭ މަރުކަޒުތަކުގެ އިސްވެރިންނާ މަޝްވަރާކުރުމަށްފަހުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު، ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު މަތިވެ، ދަރިވަރުންގެ އަމިއްލަ މަސައްކަތުގެ އަގު ވަޒަންކުރެވޭނެކަމަށް އުންމީދުކުރެވެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ މަތީ ތަޢުލީމުގެ ސަނަދުތަކުގެ އަގު އިތުރަށް މަތިވެގެންދާނެކަމަށްވެސް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް