ކުއްލި މަޤުބޫލުކަމެއް ހޯއްދެވި އަނޫރާ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ކުރުމާގާތަށް

އަނޫރާ ކުމާރަ ޑިސެނަޔަކަ

ސްރީލަންކާގައި ސިޔާސީ ގޮތުން ކުއްލި މަޤްބޫލުކަމެއް ހޯއްދެވި އަނޫރާ ކުމާރަ ޑިސެނަޔަކަ އެ ޤައުމުގައި އިއްޔެ ބޭއްވި  ރިޔާސީ އިންތިހާބުގައި އެޤައުމުގެ ސިޔާސީ ބޮޑުންނާއި ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގާތަށް ޖެހިލައިފިއެވެ.

އިއްޔެ ލަންކާގައި ބޭއްވުނު މި އިންތިޚާބުގައި ޖުމްލަ 38 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

ސްރީލަންކާގެ ވޯޓުލުމުގެ ނިޒާމުގައި، ކޮންމެ ވޯޓުލާ މީހަކަށްވެސް އެންމެ ރަނގަޅު ތިން ކެންޑިޑޭޓެއްގެ ނަމުގައި ފާހަގަޖެހުމުގެ ފުރުޞަތު ލިބިގެންވެއެވެ. އިންތިޚާބު ކާމިޔާބުވި ކަމަށް ބަލާނީ 50 ޕަސެންޓް ނުވަތަ އެއަށްވުރެ ގިނަ ވޯޓު ލިބުމުންނެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެ ނަމަ، ދެން އޮންނާނީ އެންމެ ތާއީދު ބޮޑު ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓު ލުމެވެ.

ލަންކާގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި މިއީ އެ ގައުމުގެ ތާރީޚުގައި ބޭއްވުނު އެންމެ ސުލްހަވެރި އިންތިޚާބެވެ. މިކަމަކީ ގައުމުގެ ޑިމޮކްރަސީ ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއް ކަމުގައި ބެލެވެއެވެ.

ވޯޓު ލުމުގެ ހައްގު ލިބިގެންވާ 17.1 މިލިއަން މީހުންގެ ތެރެއިން 76 ޕަސެންޓް މީހުން ވޯޓު ލާފައި ވާއިރު، މިހާތަނަށް ގުނި ޕޯސްޓަލް ވޯޓުގެ 58 ޕަސެންޓް އަނޫރާ އަށް ވަނީ ލިބިވަޑައިގެންފައެވެ. މިހާތަނަށް ސާފުކުރި ހުރިހާ ވޯޓެއްގެ ޖުމްލައަށް ބަލާއިރު، އަނޫރާ އޮތީ 53 ޕަސެންޓަށްވުރެ މަތީގައެވެ. މިއީ ފުރަތަމަ ބުރުގައި އިންތިޚާބު ކާމިޔާބުކުރެއްވުމަށް އެކަށީގެންވާ އަދަދެކެވެ.

އަނޫރާގެ ކާމިޔާބީއާއެކު، ސްރީލަންކާގެ ސިޔާސީ މަޝްރަހުގައި އައު ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. އޭނާގެ ވައުދުތަކުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި، ފަގީރުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން ހިމެނެއެވެ. މި އިންތިޚާބުގެ ސުލްހަވެރިކަމާއި އަނޫރާގެ ކާމިޔާބީއާއެކު، ގައުމުގެ އިގްތިޞާދީ އަދި އިޖްތިމާޢީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy