ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހީންގެ އަޑު އިއްވުމުގެ މުހިންމުކަން ރައީސް ފާހަގަކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ:ރައީސް އޮފީސް

ރާއްޖެއަށް ބޭނުންވާ ތަރައްޤީގެ މަގު ކޮށޭނީ ބައިނަލްއަޤްވާމީ މައިދާންތަކުގައި ދިވެހީންގެ އަޑު އިއްވައިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އދ.ގެ މެމްބަރު ޤައުމަކަށް ރާއްޖެ ވިތާ 59 އަހަރު ފުރުމާ ގުޅިގެން އަދ.ގެ މައި މަރުކަޒުގެ ބޭރުގައި ހުންނަވާ ދެއްވި ޚާއްސަ ޚިޠާބެއްގައެވެ.

ރައީސް ވިދާޅުވީ އދ.ގެ ބަހުސްތަކުގައި ބައިވެރިވުމަކީ ރާއްޖެއަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ބަސް އިއްވައި، ބަސް ވިކެން ވެސް ޖެހޭނެކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް ބޭނުންވާ ތަރައްޤީއަށް މަގު ކޮށޭނީ ވެސް ރާއްޖެއަށް ދުނިޔޭގެ އިޙްތިރާމް ލިބިގެންކަމަށާއި އެ ކަން ކުރުމަށް މި ފަދަ މައިދާންތަކުގައި އަޑުއުފުލުން މުހިންމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އދ.އާ ރާއްޖެ ގުޅުނު މައިގަނޑު ސަބަބަކީ ހަމައެކަނި އެ ޤައުމެއްގެ ރައްޔިތުން ޤައުމުގެ މިނިވަންކަން ބަލައިގަތް ނަމަވެސް މިނިވަންކަން ދިފާޢު ނުކުރެވޭނެތީ ކަމަށް ރައީސް ވިދާޅުވިއެވެ. މިނިވަންކަން ބައިނަލްއަޤްވާމީ މަސްރަޙުގައި ދިފާޢުކޮށް ކުރިއެރުވޭނީ އެ މިނިވަންކަން ލިބިއްޖެކަން އެހެން ޤައުމުތަކަށް ވެސް އަންގައިގެން ކަމަށް ވާތީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް މަސައްކަތް ހިނގަނީ އދ. ގައި ކަމަށެވެ. އަދި އދ.ގެ މެމްބަރުކަން މުހިންމުވާ ސަބަބަކީ ވެސް އެއީ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފާއިތުވި 59 އަހަރު ދިވެހި ޑިޕްލޮމެޓުން އދ.ގައި ކުރިއެރުވީ ރާއްޖޭގެ މަޞްލަޙަތުކަމަށެވެ. އަދި އާ ސަރުކާރުން ވެރިކަމާ ޙަވާލުވެ ފާއިތުވި 10 މަސް ތެރޭ ވެސް "އިތުރު ބާރު މިނެއްގައި" ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގައި ދިވެހީންގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި "ޕްރޯ މޯލްޑިވްސް" ސިޔާސަތު ވެސް ކުރިއަރުވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

33 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy