ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނީގެ މައްސަލައަށް ޙައްލެއް ބޭނުން: ރައީސް މުއިއްޒު

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އދ. މަޖިލިހުގައި / ފޮޓޯ:ރައީސް އޮފީސް

ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލައްވާފައި ވަނީ އދ.ގެ 79 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގެން، "ސަމިޓް އޮފް ދަ ފިއުޗަރ" ގެ ހަވާސާގައި ބޭއްވުނު ސިޑްސްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާއިން ކޯ-ހޯސްޓްކުރި މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދު ސިންދަފާތުކުރުމަށާއި، މާލީ ބުރަތައް ލުއިކޮށްދިނުމަށް މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި މި ޤައުމުތަކަކީ މާލީގޮތުން ފުދުންތެރި، އިޤްތިޞާދީގޮތުން ކުރިއަރާފައިވާ އަދި ވިލުންތެރި ޤައުމުތަކަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިއީ ރައީސް މުއިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި "ސަމިޓް އޮފް ދަ ފިއުޗަރ" ގެ މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން، އެކި ދައައުލަތްތަކާއި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް މަޝްވަރާތައް ކުރިއަށްގެންދެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ހުޅުވާލާފައިވާ ބަހުޘްގައި މި މަހުގެ 24 ވަނަ ދުވަހު ތަޤުރީރުކުރައްވާނެއެވެ. މިއީ ރާއްޖޭގެ ރައީސަކު އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ތަޤުރީރުކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ކަންބޮޑުވުންތައް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމަށާއި، ރާއްޖޭގެ ހައިސިއްޔަތު އިތުރަށް ރަނގަޅުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

58 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy