ކޮންމެ އަހަރަކު 100 އިމާމުން ރާއްޖޭން ބޭރުން ތަމްރީނު ކުރަނީ

އިމާމުންތަކެއް

ރާއްޖޭގައި އިސްލާމީކަންތައް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކޮންމެ އަހަރަކު 100 އިމާމުން ރާއްޖޭން ބޭރުން ތަމްރީނަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، މިއަދު ފެށި އިމާމުންގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މަހާސިންތާގެ ބައިވެރިންނާއި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް 400 އަށްވުރެ ގިނަ އިމާމުން ތާޒާކޮށްފައިވާއިރު، މިހާރު ވެސް ރާއްޖޭގެ 60 އިމާމުން ރާއްޖޭން ބޭރުގައި ތަމްރީނު ހަދަމުން އަންނަ ކަމަށެވެ.

މިސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 500 އިމާމުން ތަމްރީނުކޮށް އަދި މަދުވެގެން 1000 ހަތީބުން ތަމްރީންކޮށް ނެރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭން ބޭރަށް 100 އިމާމުން ފޮނުވައިގެން ތަމްރީންކުރުން. ﷲ އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭން ބޭރަށް ކޮންމެ އަހަަރަކު 100 އިމާމުން އަޅުގަނޑުމެން ފޮނުވާނަން. އެހެންވީމަ މި ފަސް އަހަރު ތެރޭގައި މަދުވެގެން 500 އިމާމުން ތަމްރީންކުރާނަން އަޅުގަނޑުމެން. އަދި މަދުވެގެން 1000 ހަތީބުން ނެރޭނަން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭން ބޭރުގައި ތިބި 60 އިމާމުން ރާއްޖޭން ބޭރަށް ދާން ޓިކެޓް ނަގާފައިވަނީ އަމިއްލައަށް ކަމަށް ބުނެ، ސަރުކާރާއި މެދު ރައްޔިތުން ދެކޭގޮތް ބަދަލު ކުރުމަށް ވާހަކަތަކެއް ދައްކާނެ ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގެ އިގްތިސޯދީ ހާލަތުން އަރައިގަނެ، އަންނަ އަހަރުން ފެށިގެން ރާއްޖޭން ބޭރަށްދާ އިމާމުންގެ ހުރިހާ ހަރަދެއް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy