---
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް އިހަވަންދޫގައި ފަށައިފިއެވެ. މި ޑްރައިވް ފައްޓަވައިދެއްވީ އެމްޕީއެލްގެ ސީއީއޯ ވަޖީހްއެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ޕިއެންސީގެ އޮފިޝަލަކު ވިދާޅުވީ އެ ޕާޓީއަށް މީހުން އިތުރުކުރުމަށް ބާއްވާ ހަރަކާތްތަކަކީ ސިލްސިލާކޮށް ކުރިއަށް ގެންދާ ކަމެއް ކަމަށާއި، ޕީއެންސީއަކީ ރާއްޖޭގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަށް ހެދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ފޯމު ހިފައިން ޑޯ-ޓު-ޑޯ އަށް ހިނގާ، ފާޓީއަށް ވަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭނެ ކަމަށެވެ.
އިލެކްޝަން ކޮމިޝަންގައި މިވަގުތު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީޢެއްގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީ އެވެ. އެ ޕާޓީގައި 50،000 މެންބަރުން ތިބިއިރު ދެވަނައަށް އެންމެ ގިނަ މީހުން ތިބީ ޕީއެންސީއާ އެކު މަސައްކަތް ކުރަމުންދާ ޕީޕީއެމް އެވެ. އެ ޕާޓީގައި 34،000 މެންބަރުން ތިބިއިރު ޕީއެންސީގައި ތިބީ 28،000 މެންބަރުންނެެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް