ހައްޔަރުކުރި 3 މީހުން / ފޮޓޯ:ޕޮލިސް
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ނުރައްކާތެރި މާރާމާރީއެއްގެ މައްސަލައިގައި ހޯދަމުންދިޔަ ތިން މީހަކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށްފިއެވެ.
މި ތިން މީހުންނަކީ އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތަކެކެވެ.
ފުލުހުން މީޑިއާތަކަށް ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ތައިލެންޑުން މާލެއަށް އައި ވަގުތު، ކޯޓު އަމުރެއްގެ ދަށުންނެވެ. މީގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށާއި، އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހައްޔަރުކުރެވުނު މީހުންނަކީ:
1. މުޙައްމަދު ސިބާތު ޢަބްދުﷲ (19 އަހަރު، މާލެ / މ. މަސްކޮތަންގެ)
2. މުޙައްމަދު އަޙްސަމް (26 އަހަރު، މާލެ / ހ. ދޮންތުނޑި)
3. އަސްވާނު މުޙައްމަދު (28 އަހަރު، ލ. ގަން / މުކުރިމަގު)
މި ތިން މީހުން ރާއްޖެއަށް އައިސްފައިވަނީ އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވަނިކޮށް، ފިލައިގެން އުޅެނިކޮށް ތައިލެންޑުން ޑިޕޯޓްކޮށްލުމުން ކަމަށްވުމެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަސްވާނު މުޙައްމަދު ވަނީ ބަންދުން ދޫކޮށްލާފައެވެ. އެހެންނަމަވެސް، އަނެއް ދެ މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މިހާރު މި މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި އިތުރު ތަފްސީލުތައް ލިބުމުން އާންމުކުރާނެ ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް