ރާއްޖެއަށް އެތެރކުރަން އުޅުނު މަސްތުވާތަކެތި / ފޮޓޯ:ކަސްޓަމްސް
ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ އަތުލައިގަނެފައެވެ.
މި މަހުގެ 16 އަދި 18 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގި އޮޕަރޭޝަންތަކެއްގައި މި ތަކެތި ހޯދާފައިވާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.
ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ އައި ކާގޯ ޝިޕްމަންޓަކާއި ޕޯސްޓް ޕެކޭޖަކުން މަސްތުވާތަކެތި ފެނުނެވެ. މީގެ އިތުރުން، 16 ވަނަ ދުވަހު ސްރީލަންކާއިން ރާއްޖެ އައި 65 އަހަރުގެ ދިވެހި ފިރިހެނަކު ބަލައި ފާސްކުރުމުގެ ތެރެއިން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
އަތުލައިގަނެފައިވާ ތަކެތީގެ ތެރޭގައި 349 ގްރާމްގެ ހެރޮއިން، 582 ގްރާމްގެ ސިންތެޓިކް ކެތިނޯން، 5,210 ގްރާމްގެ ކެނަބިސް، އަދި 2,870 ގްރާމްގެ އެކްސްޓަސީ ހިމެނެއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 9.01 ކިލޯގްރާމް ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި ފެނުމާ ގުޅިގެން ފުރަތަމަ މަރުހަލާގައި ކުރި ތަހުލީލުތަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަތަރު ބާވަތަކަށް ޕޮޒިޓިވްވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން، ދުނިޔޭގެ އެކި ޤައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުނު މެލޭޝިއާގެ ދެ މީހަކު ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މީގެ ދެ ދުވަސް ކުރިން ހާމަކޮށްފައިވެއެވެ.
މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ފަދަ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުވުމަކީ އެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް