އިންޑިޔާއިން ލޯނު ފަސްކޮށްދިނުމާ ގުޅިގެން ޝާހިދު އިންޑިއާއަށް ޝުކުރު އަދާކުރައްވައިފި

އެމްޑީޕީގެ ރައީސް އބުދުﷲ ޝާހިދު

އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރަށް ދޫކޮށްފައިވާ 200 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކުން އަހަރަކަށް ފަސްކޮށްދިނުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އުފާފާޅުކުރައްވައި، އިންޑިޔާއަށް ޝުކުރު އަދާކުރައްވައިފިއެވެ.

މި ލޯނަކީ 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ނަގާފައިވާ ލޯނެކެވެ.

މި ލޯނުގެ 50 މިލިއަން ޑޮލަރު ދެއްކުމުގެ ސުންގަޑި އިއްޔެގެ ނިޔަލަށް ހަމަވާއިރު، އިންޑިޔާ ސަރުކާރުން ވަނީ މި ފައިސާ ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ދަންމާލުމަށް އެއްބަސްވެފައެވެ. މީގެ ކުރިން މޭ މަހުގައިވެސް، އެހެން 50 މިލިއަން ޑޮލަރެއް ދެއްކުމުގެ މުއްދަތު އިތުރުކޮށްދީ، އެ ޓީބިލް ރޯލްއޯވަރ ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، މިއީ ކުއްލި މާލީ އެހީއެއްގެ ގޮތުގައި ދެއްވި މުހިންމު އެހީއެއްކަމަށާއި، އިންޑިޔާއަކީ ރާއްޖެއަށް އިތުބާރު ކުރެވޭ އަދި ދެމިހުންނަ އެކުވެރިއެއްކަމަށެވެ. އަދި މި ސަރުކާރުގެ ގޮތް ނޭނގޭ ޚާރިޖީ ސިޔާސަތުތަކާއެކުވެސް، އިންޑިޔާއިން އަންނަނީ އިތުބާރު ހިފޭ ބައިވެރިއެއްކަން ސާބިތުކޮށްދެމުންކަމަށް ފާހަގަކުރައްވާފައިވެއެވެ.

މި ލޯނު ފަސްކޮށްދިނުމުގެ ނިންމުމަކީ ދިވެހިރާއްޖެއަށް މިވަގުތު ވަރަށް މުހިންމު ނިންމުމެއް ކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި، މި ފަދަ ލުޔެއް ލިބުމަކީ ސަރުކާރަށް ވަރަށް ބޮޑު ތަނަވަސްކަމެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި މިކަމުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

31 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy