ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ބަންކަރިންގ ޚިދުމަތް ފެށުން

ރާއްޖޭގެ އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ ހއ. ހޯރަފުށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ތިލަދުންމަތީ އުތުރުބުރީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި ސަރުކާރުގެ އެހެން އިސްވެރިންގެ އިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް އަދި ކުންފުނީގެ ބޯޑު މެންބަރުން ބައިވެރިވެވަޑައި ގެންނެވިއެވެ.

މި ޚިދުމަތުގެ ދަށުން އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭނީ އެސްޓީއޯއިންނެވެ. އަދި ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ޚިދުމަތްތައް ދޭނީ އެމްޕީއެލްއިންނެވެ.

އިހަވަންދިއްޕޮޅުގައި ފްލޯޓިންގ ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ ބޭނުންކޮށްގެންނެވެ. މި ދެ ބޯޓަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ސަލާމަތާއި ރައްކާތެރިކަމުގެ ސެޓްފިކެޓްތައް ލިބިފައިވާ ދެ ބޯޓެވެ.

އެސްޓީއޯއިން ބުނާ ގޮތުގައި މި ޚިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ލިބި، މިއީ ދެމެހެއްޓެނިވި އަދި ފައިދާ ބޮޑު ސިނާޢަތަކަށް ވެގެންދާނެއެވެ. މުސްތަޤުބަލުގައި މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ރޭވިފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

38 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy