އީވާން ނަސީމްގެ މަރުގެ ހާދިސާއިން އިބުރަތް ހާސިލުކުރަން ޖެހޭ: ފައްޔާޒު

ފައްޔާޒު އިސްމާޢިލް

މާފުށީ ޖަލުގައި 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު އަނިޔާކޮށް މަރާލި އީވާން ނަސީމްގެ މަރާ ގުޅިގެން ހިނގި ހާދިސާތަކަކީ މިއަދުގެ ޒުވާނުން ދިރާސާކޮށް އިބުރަތް ހާސިލުކުރަންޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އީވާން ނަސީމް މަރާލި ދުވަހުގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެއީ ހުދުމުހުތާރު ވެރިކަމެއް ނިންމަން ދިވެހިން ހިތްވަރު ހޯދި ދުވަހެއް ކަމަށެވެ.

އީވާން މަރާލުމާ ގުޅިގެން ޖަލުގައި ތިބި ގައިދީންން ހަޅުތާލުކުރުމުން، އެ މީހުންގެ ތެރެއަށް ބަޑިޖަހައި ތިން ގައިދީއަކު މަރާލައި، 17 ގައިދީއަކަށް އަނިޔާވިއެވެ. މި ހާދިސާއާ ގުޅިގެން ގިނަ ރައްޔިތުންތަކެއް މަގުމައްޗަށް ނުކުމެ، އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިސްތިއުފާއަށް ގޮވާލިއެވެ. ފައްޔާޒު ވިދާޅުވީ މި ހާދިސާތަކަކީ މިއަދު ލިބިފައިވާ މިނިވަންކަމާއި އަސާސީ ހައްޤުތަކުގެ އަސްލު ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިސްލާހީ ހަރަކާތަށް ލިބުނު އާ ބާރެއް ކަމަށާއި، ޖަލުތަކަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހިންގާ ތަންތަނަށް ހެދުމަށް މަގުފަހިވި ކަމެއް ކަމަށެވެ.

މި ހާދިސާއިން 21 އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް، އީވާން ނަސީމްގެ މަރުގެ ހަނދާން އަދިވެސް ދިވެހި ރައްޔިތުންގެ ހިތްތަކުގައި ދިރިއެބަހުއްޓެވެ. މި ހާދިސާއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް މަގުފަހިކުރި އެންމެ މުހިންމު އެއް ހާދިސާ ކަމަށް ބެލެވެއެވެ. އޭގެ ފަހުން ރާއްޖޭގައި ހިނގި އިސްލާހީ ހަރަކާތްތަކާއި ސިޔާސީ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، 2008 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު ބޭއްވި، އަދި ގިނަ ސިޔާސީ އަދި އިޖްތިމާއީ ބަދަލުތަކެއް ގެނެނެވުނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

14 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy