ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވާ ދަތުރުފުޅުގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ތަޤްރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ރާއްޖޭގެ ރައީސަކު އެ މަޖިލީހުގައި ވާހަކަފުޅު ދައްކަވާ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ވެސް ތަޤްރީރުކުރައްވާނެއެވެ. މީގެ އިތުރުން، އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖެއިން ބާއްވާ ހާއްސަ ހަފްލާއެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ މުޚާޠަބުކުރައްވާ ތަޤްރީރެއް ވެސް ކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ. ނަމަވެސް ރައީސް ފުރާވަޑައިގަންނަވާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އދ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުއްލެވުމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ފަސް ޤައުމު ދާއިމީ މެންބަރުންގެ ގޮތުގައި ހިމެނޭ މަޖިލީހެކެވެ. ރާއްޖެ ފަދަ ކުދި ޤައުމުތަކަށް މި މަޖިލީހުގައި ވާހަކަދެއްކުމުގެ ފުރުޞަތު ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް