ސިވިލް ކޯޓް
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ކަމަށް ބުނެ މިދިޔަ މެއި މަހު އިމިގްރޭޝަނުން ބިދޭސީއަކު ޑީޕޯޓްކޮށްލި މައްސަލައެއް ސިވިލް ކޯޓުން ބެލުމަށް އިއްޔެ ނިންމައިފިއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ލަންކާ ފިރިހެނެއް ކަމަށްވާ އެންތެނީ ވަރެން ނަދިޝް ޕެރޭރާއެވެ. އޭނާ މައްސަލަ ހުށަހެޅީ ޑީޕޯޓްކުރުމުގައި އޭނާއަށް ކަށަވަރުވާންޖެހޭ ދެ ޙައްޤެއް ނުލިބޭ ކަމަށް ބުނެއެވެ. އެއީ، ޑީޕޯޓްކުރީ އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި އަދި ވަކީލުންގެ އެހީތެރިކަމަށް އެދެވިދާނެ ކަމަށް ބުނުމެއް ނެތިއެވެ.
އިމިގްރޭޝަނުން މި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިއުތިރާޒެއް ހުށަހެޅިއެވެ. އެގޮތުން، ދަޢުވާކުރާ ފަރާތުގެ ނަމުގައި އިތުރު ބައެއް ހިމެނޭތީ އާއި ދަޢުވާ ފޯމުގައި ސޮއިކޮށްފައިވަނީ ލޯ ފާމުގެ ވަކީލުން ކަމަށްވާތީ އެއީ ސޮއިކުރުމުގެ ބާރު އޮތް ބަޔަކަށް ނުވާތީ ކަމަށް ބުނެއެވެ.
ނަމަވެސް، މައްސަލަ ބައްލަވާ ޤާޟީ ޙާފިޡާ ޢަބްދުއްސައްތާރު ނިންމެވީ އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. އަދި މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދަން ނިންމެވިއެވެ.
ޝަރީޢަތުން ފާހަގަކުރެއްވި ގޮތުގައި، ޕާސްޕޯޓުގައި އިތުރުވާ ނަމަކީ އެ މީހާގެ ޢާއިލީ ނަމެއްކަން އެނގޭ ކަމާއި، ދަޢުވާ ފޯމުގައިވާ ޕާސްޕޯޓު ނަންބަރާއި ޕާސްޕޯޓުގައިވާ ނަންބަރު ދިމާވާކަމަށެވެ. އަދި ދަޢުވާ ފޯމުގައި ވަކީލުންގެ ނަމާއި ސޮޔާއެކު ޕަވަރ އޮފް އެޓަރނީ ދީފައިވާ ލޯ ފާމުގެ ސިއްކަ އޮތުމުން، އެއީ ދަޢުވާ ފޯމުގައި ސޮއިކުރުމުގެ ބާރު އޮތް ބަޔެއްކަން އެނގޭކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެފަދަ ބިދޭސީން ހޯދައި، ފޮނުވާލުމުގެ ބޮޑު އޮޕަރޭޝަނެއް އާ ސަރުކާރާ އެކު އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ. ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި މީހަކީ ވެސް މި އޮޕަރޭޝަނަށް ފަހު ރާއްޖެއިން ޑީޕޯޓްކޮށްލި މީހެކެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް