އުތުރު ގޭޓްވޭ ޕްރޮޖެކްޓްގެ މައި އޮފީސް ހއ. އުލިގަމުގައި ހުޅުވައިފި

ގޭޓްވޭ އޮފީސް ހުުޅުވުން / ފޮޓޯ:މިހާރު

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ އިހަވަންދިއްޕޮޅުގައި ހިންގާ އުތުރު ގޭޓްވޭ ޕްރޮޖެކްޓްގެ މައި އޮފީސް ހއ. އުލިގަމުގައި ރޭ ހުޅުވައިފިއެވެ.

މި ރަސްމިއްޔާތުގައި އުތުރު އައި.އެސް.ޕީ.އެސް ގޭޓް ހުޅުވައި ދެއްވީ އެ ރަށުގެ ރިޓަޔާޑް މެޖިސްޓްރޭޓް އިދްރީސް އާދަމެވެ.

މި އޮފީހުގައި އެމްޕީއެލް، އިމިގްރޭޝަން، ކަސްޓަމްސް އަދި އެމްއެންޑީއެފްގެ މުވައްޒަފުންނަށް ޚާއްޞަ ޖާގަ ކަނޑައަޅާފައިވެއެވެ. އަދި ސެކިއުރިޓީ ސްކްރީން މެޝިނާއި ޑިޓެންޝަން ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ މި އޮފީސް މެދުވެރިކޮށް 14 ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެ ތެރޭގައި ބަންކަރިންގ، ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުން، ކްރޫ ބަދަލުކުރުން، ޑޮކިންގ، ކުނި އުކާލުން، ޓަގް ސަރވިސް އަދި މެއިންޓަނަންސްގެ ޚިދުމަތްތައް ހިމެނެއެވެ.

އެސްޓީއޯގެ ސީއީއޯ އަޙްމަދު ޝިމާދު ވިދާޅުވީ މި ޚިދުމަތްތަކާއެކު ރާއްޖޭގެ އުތުރު ސަރަޙައްދު ބޮޑު މާކެޓް ޕްލޭސްއަކަށް ބަދަލުވެގެންދާނެ ކަމަށެވެ. މި ސަރަޙައްދަކީ ދުވާލަކު 200 އަށްވުރެ ގިނަ އުޅަނދު ދަތުރުކުރާ ސްޓްރެޓެޖިކް ލޮކޭޝަނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އުތުރު އައިއެސްޕީއެސް ގޭޓް އިމާރާތް ރޭ ހުޅުވުނު ނަމަވެސް، ބަންކަރިންގ ޚިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. މި މަޝްރޫޢުގެ ދަށުން އިންޓަނޭޝަނަލް ބަންކަރިންގ ފެސިލިޓީއެއް ޤާއިމްކުރުމަށް އެސްޓީއޯއިން ނެދަލޭންޑްސްގެ "ވިޓޯލް" ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާރިޗު މަހުއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy