ސިއްޙީ ދާއިރާގެ ޝަކުވާތައް ހުށަހެޅުމަށް 'މާހަރާ' ޕޯޓަލް އިފްތިތާޙުކޮށްފި

މާހަރާ ޕޯޓަލް އިފުތިތާޙްކުރުން / ފޮޓޯ:މިނިސްޓްރީ

ޞިއްޙީ ދާއިރާގެ މައްސަލަތަކާ ގުޅޭގޮތުން ޝަކުވާ ހުށައެޅުމަށް ޚާއްސަ "މާހަރާ" ޕޯޓަލް އިފްތިތާޙުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާޙުކޮށްފައިވަނީ ބައިނަލްއަޤްވާމީ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ޞިއްޙީ ވުޒާރާއިން ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ހެލްތު މިނިސްޓަރ ޑރ. އާމިނަތު ޖަމީލްއެވެ.

މި ޕޯޓަލްއަކީ ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވާ އެކިއެކި ދަތިތަކާ ގުޅިގެން ހުންނަ ކަންބޮޑުވުންތައް ޙިއްޞާކުރުމަށް އިފްތިތާޙް ކުރެވުނު ޕޯޓަލްއެކެވެ. މިއީ ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއެކު ފަރުމާ ކުރެވި ވުޖޫދު ކުރެވިފައިވާ ވަސީލަތެކެވެ.

ޞިއްޙަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ މިފަދަ ނިޒާމެއް ޤާއިމްކުރެވިގެން ދިއުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށެވެ. އަދި ޞިއްޙީ ޚިދުމަތް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ބަލިމީހާގެ ފަރުވާއާއި ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުންވެސް ފަރުވާގެ ނިޒާމު އަވަސްކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ. މިކަމުގެ ސަބަބުން ބަލިމީހާގެ ބަލި އަވަހަށް ދެނެގަނެވި ފަރުވާ އަވަސްކުރެވުމުގެ އިތުރުން، އެކަމަށް ކުރަންޖެހޭ ހޭދަވެސް ބޮޑުތަނުން ކުޑަވެގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy