ޕޭޖަރުތައް ގޮއްވާލުމާ ގުޅިގެން އިސްރާއީލުގެ ކިބައިން ބަދަލު ހިފާނެކަމަށް ހިޒްބުﷲއިން ބުނެފި

އިސްރާއިލުން ގެންދަނީ ގަތުލުއާއްމެއް ހިންގަމުން

ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲގެ މެންބަރުން މުއާސަލާތު ކުރުމަށް ބޭނުންކުރާ ޕޭޖަރުތައް ގޮއްވާލި މައްސަލައިގައި އިސްރާއީލުގެ ކިބައިން ބަދަލުހިފާނެ ކަމަށް ހިޒްބުﷲ އިން ބުނެފިއެވެ.

މި ހާދިސާގައި 9 މީހުން މަރުވެ، 3،000 އެއްހައި މީހުން ޒަޚަމުވިއެވެ. މަރުވި މީހުންގެ ތެރޭގައި ހިޒްބުﷲގެ ގިނަ ހަނގުރާމަވެރިންިންނާއި އީރާނުން ބެއިރޫތަށް ކަނޑައަޅާފައި ހުރި ސަފީރު ވެސް ހިމެނެއެވެ.

ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރު ޒިޔާދު މަކާރީީ ވަނީ މި ހާދިސާ ވަރަށް ބޮޑަށް ކުށްވެރިކކޮށްފައެވެ. ހިޒްބުﷲގެ އޮފިޝަލަކު ބުނެފައިވަނީ މިިއީ އިސްރާއީލާ އެކު އޮތް ހަމަނުޖެހުމުގައި ސަލާމަތީ ގޮތުން ކުރިމަތިވި އެންމެ ބޮޑު ގެއްލުން ކަމަށެވެ.

ޕޭޖަރުތައް ގޮވީ ކިހިނެއްކަން އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް ބައެއް އެނަލިސްޓުން ލަފާކުރާ ގޮތުގައި ރޭޑިއޯ ނެޓްވޯކް ހެކްކޮށްގެން ނުވަތަ ޕޭޖަރުތަކަށް ގޮވާ ތަކެތި ހަރުކޮށްގެން މިކަން ކޮށްފައި އޮވެދާނެއެވެ. މިއީ ދުރާލާ ރޭވިގެން ހިންގި އަމަލެއް ކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ.

މި ހާދިސާއިން ހިޒްބުﷲގެ މުއާސަލާތީ ވިއުގައަށް ލިބުނު ގެއްލުމަކީ ޖަމާއަތުގެ ހަރަކާތްތަކަށް ވަރަށް ބޮޑު ހުރަހެއް ކަމަށް ސަލާމަތީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ. ޕޭޖަރުތަކަކީ ހިޒްބުﷲގެ ހަނގުރާމަވެރިން އިސްރާއީލުގއީލުގެ ޖާސޫސީ ހަރަކާތްތަކުން ސަލާމަތްވުމަށް ބޭނުންކުރާ މުހިންމު ވަސީލަތެއް ކަމަށްވުމާއެކު، މި ހާދިސާއިން ޖަމާއަތުގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ބުރޫއަރާނެ ކަމަށް ބެލެވެއެވެ.

މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ ސަރަޙައްދުގައި އަލުން ހަނގުރާމައިގެ ހާލަތު އިތުރުވެދާނެ ކަމުގެ ބިރު ފާޅުކުރެވެމުންދެއެވެ. ހިޒްބުﷲއިން ބަދަލު ހިފުމުގެ ގޮތުން އިސްރާއީލަށް ހަމަލާދޭނެ ކަމަށް އިންޒާރު ދީފައިވާތީ، ދެ ފަރާތުގެ ދެމެދުގައި އޮތް ކޮންފްލިކްޓް އިތުރަށް ގޯސްވެ، ސަރަޙައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy