ހެރީކޭން: ރޭގެ މެޗުގައި ވަނީ ހެޓްރިކް ހަދާފައި
ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް ރޭ ކުޅުނު މެޗުން ރިކޯޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
ރޭގެ މެޗެއްގައި ބަޔާން މިއުނިކް ވަނީ ކްރޮއޭޝިއާގެ ޑީނަމޯ ޒެގްރެބް އަތުން 9-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ރެކޯޑު ހަދާފައެވެ. ހަމަ މިއާއި އެކު މި މެޗުގައި ބަޔާންގެ ފޯވާޑް ހެރީ ކޭން ވެސް ވަނީ ހެޓްރިކެއް ހަދައި، ރިކޯޑެއް ގާއިމުކޮށްފައެވެ.
ރޭ ޖަރުމަނުވިލާތުގެ މިއުނިކްގައި ހުންނަ އެލިއާންޒް އެރީނާގައި ކުޅުނު މި މެޗުގައި ކޭން ޖެހި ލަނޑުތަކާއެކު، އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މިހާރު ކޭން ވަނީ މި މުބާރާތުގައި ޖުމުލަ 33 ލަނޑު ޖަހާފައެވެ.
މި މެޗަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި މެޗުކަމަށްވެސް ވަނީ ރެކޯޑުކުރެވިފައެވެ. ޖުމުލަ 11 ލަނޑު ޖެހުނު މި މެޗުގައި ބަޔާންގެ ފަރާތުން ކޭންގެ އިތުރުން ރަފައެލް ގުއެރޭރޯ، މައިކަލް އޮލީސޭ، ލެރޯއީ ސާނޭ އަދި ލެއޮން ގޮރެޓްޒްކާ ވަނީ ލަނޑު ޖަހާފައެވެ. ޑީނަމޯ ޒެގްރެބްގެ ފަރާތުން ބްރޫނޯ ޕެޓްކޮވިޗް އަދި ޓަކޫޔާ އޮގިވާރާ ވަނީ ލަނޑު ޖަހާފައެވެ.
އިނގިރޭސި ޤައުމީޓީމުގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ ހެރީ ކޭންއަށް މިއީ މި ސީޒަނުގައި ހެދި ދެވަނަ ހެޓްރިކެވެ. އޭނާ ވަނީ ޖަރުމަން ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ހޯލްސްޓެއިން ކިއެލްއާ ދެކޮޅަށްވެސް ހެޓްރިކެއް ހަދާފައެވެ.
ބަޔާން މިއުނިކް މި މުބާރާތުގައި ދެން ކުޅޭނީ އަންނަ މަހުގެ ތިންވަނަ ދުވަހު ރަށުން ބޭރުގައި އިނގިރޭސި ކުލަބު އެސްޓަން ވިލާއާ ދެކޮޅަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް