ވައިގެ މަގުން ރާއްޖެ އައި މީހެއްގެ އަތުން 3.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްއިން އަތުލައިގަން މަސްތުވާތަކެތި / ފޮޓޯ:ކަސްޓަމްސް

މެލޭޝިއާ އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ އައި ދިވެއްސެއްގެ އަތުން ތިން ބާވަތެއްގެ 3.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން  އަތުލައިގެންފިއެވެ.

އިއްޔެ ހިނގި މި ހާދިސާގައި މަސްތުވާތަކެތި އަތުލައިގަތީ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް ނަންބަރު 485MH އިން ދަތުރުކުރި ފަސިންޖަރެއްގެ އަތުންނާއި، އެ ދުވަހު ރާއްޖެ އައި އެއާކާގޯ ޝިޕްމަންޓަކުންނެވެ.

ކަސްޓަމްސްއިން ހެދި އިބްތިދާއީ ޓެސްޓުތަކުން ދައްކާގޮތުގައި، އަތުލެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 3،058 ގްރާމުގެ ހެރޮއިން، 315 ގްރާމުގެ މެތުއެމްފެޓަމިން، އަދި 215 ގްރާމުގެ ސިންތެޓިކް ކެތިނޯނެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، ޝައްކުކުރެވޭ ފަރާތާއި އަތުލެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

މި ހާދިސާއަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ އިތުރުވަމުންދާކަމުގެ އިތުރު ހެއްކެއް ކަމުގައި ބެލެވެއެވެ. ސަރުކާރުން މި މައްސަލައާ ދެކޮޅަށް ގަދދައަޅައި މަސައްކަތްކުރަމުންދާއިރު، މިފަދަ ހާދިސާތައް ތަކުރާރުވަމުންދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy