މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މީޑިއާ ކައުންސިލް އިންތިހާބެއްގެ ތެރެއިން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ 10 މެންބަރުންގެ ދައުރު ހަމަވާތީ، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އިންފޮމޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ މިހާރު ތިބި ބައެއް މެންބަރުންގެ ދައުރު މިއަހަރުގެ ޑިސެންބަރު 14 ވަނަ ދުވަހު ހަމަވާތީއެވެ.

އިއްޔެ ގެޒެޓު ކުރެވުނު އިޢުލާނުގައިވާ ގޮތުން، ހުސްވާ މަޤާމުޤާމުތަކަކީ މީޑިއާތަކުން ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ތިން މެންބަރުންގެ މަޤާމުތަކެވެ. އާންމު މެންބަރުންގެ ގޮތުގައި ތިބެނީ މީޑިއާތަކާއި އެއްވެސް ވަރަކަށް ގުޅުންހުރި ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ. މީޑިއާ ތަމްސީލުކުރާ މަޤާމުތަކަށް ކެންޑިޑޭޓުން ހުށަހަޅާނީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުންނެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. މީގެ އިތުރުން، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ފަދަ ޝަރުޠުތައް ހިމެނެއެވެ.

މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން މި ހިނގާ ސެޕްޓެންބަރު 25 ވަނަ ދުވަހުގެ ކުރިން އިންފޮމޭޝަން މިނިސްޓްރީގެ މެއިލަށް އެޕްލިކޭޝަން ފޮނުވުމަށް އިޢުލާނުގައި އަންގާފައިވެއެވެ.

މީޑިއާ ކައުންސިލުގެ ދައުރަކީ މީލާދީ ގޮތުން ދެ އަހަރު ދުވަހެވެ. އަދި ކައުންސިލްގެ މެންބަރުކަމުގައި ދެ ދައުރު ޖެހިޖެހިގެން އެއް މެންބަރަކަށް އަދައެއް ނުކުރެވޭނެއެވެ. މީޑިއާ ކައުންސިލްގެ މެންބަރުންގެ ޖުމްލަ އަދަދަކީ 13 އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

56 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy