ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި

---

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރަން، ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އައްބާސް އަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ ދައުރުން ބޭރުން މިއަދު ބޭއްވި ހާއްސަ ޖަލްސާގައެވެ. އެ ޖަލްސާގައި އައްބާސް އަށް ރުހުން ދިނީ 85 މެންބަރުންގެ ވޯޓުންނެވެ. އައްބާސްއަށް ރުހުން ނުދޭން އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އައްބާސް މިވަގުތު އަދާކުރައްވަނީ ރައީސް އޮފީހުގެ ލީގަލް ސެކެޓްރީގެ މަގާމުކަމެވެ.

ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަައްބާސް އަކީ ގާނޫނީ ދާއިރާގެ ތަޖުރިބާ ވެސް ހުންނެވި ބޭފުޅެކެވެ. 2011 އިން 2015 ގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް އައްބާސް ކުރެއްވިއެވެ.

ޕީޖީގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް، ޕީޖީގެ މަގާމުން ވިކިކުރުމަށް މަޖިލީހުން ފާސްކުރުމުންނެވެ. އެގޮތުން އޭނާ ވަކިކުރަން މަޖިލީހުން ފާސްކުރިއިރު، އެ މަގާމުން ޝަމީމް އަމިއްލަފުލަށް އިސްތިއުފާ ދެއްވިއެވެ. އެހެން ނަމަވެސް އެ ސިޓީ މަޖިލީހުގެ އިދާރާއަށް ނުލިބޭ ކަމުގައި ބުނެ، ޝަމީމް ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ކުރިއެވެ. އެގޮތުން ޝަމީމް ވަކިކުރީ 65 މެންބަރުންގެ ވޯޓުންނެވެ.

ޝަމީމް ވަކިކުރީ، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން އެ މައްސަލައިގައި ވަނީ އޭނާ މަގާމުން ވަކިކުރަން ޖެހޭ އަށް ސަބަބެއް ބަޔާންކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

39 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy