އެންތަނީއަށް ވަކި ހާއްސަ ގޮތެއް ނޯންނާނެ: ޓެން ހާގް

އެންތަނީ އާއި ޓެންހާގް

މެންޗެސްޓާ ޔުނައިޓެޑްގެ ބްރެޒިލް ވިންގަރ އެންތަނީއަށް މެޗުތަކުގައި ފުރުސަތު ދިނުމުގައި ވަކި ހާއްސަ ގޮތެއް ނޯންނާނެ ކަމަށް ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ޔުނައިޓެޑުން 100 މިލިއަން ޑޮލަރަށް ގަތް އެންތަނީއަށް ޔުނައިޓެޑުގެ ގަދަ 11 ގައި ހިމެނި އެކަށޭނަ ކުޅުމެއް ނުދެއްކެއެވެ. މިދިޔަ ސީޒަނުގައި ލީގުގައި އޭނާ ޖެހީ އެންމެ ގޯލެކެވެ. މި ސީޒަނުގައި މިހާތަނަށް ކުޅެފައިވަނީ އެންމެ މިނިޓެކެވެ.

ލީގު ކަޕްގެ މެޗެއްގެ ކުރިން ޓެން ހާގް ބުނީ އެންތަނީ ފަދަ ކުޅުންތެރިންނަށް ޓީމުން ފުރުސަތު ލިބެން އޮތީ ބުރަކޮށް ޓްރެއިނިންގައި މަސައްކަތްކޮށްގެން ކަމަށެވެ. އަދި ޓީމުގައި ހިމެނުން އޭނާއަށް ހައްގުވާކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

އެންތަނީގެ ކޮންޓްރެކްޓް 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތްއިރު، ތުރުކީގެ ބައެއް ކްލަބްތަކުން ލޯނަށް ގެންދަން ހުށަހެޅި ޕްރޮޕޯސަލަށް އޭނާ ވަނީ ފުރަގަސްދީފައެވެ.

ޓެން ހާގް އިތުރަށް ބުނީ، ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވެސް ފުރުސަތު ލިބޭނީ އެމީހެއްގެ ޕަފޯމަންސްއަށް ބަލައިގެން ކަމަށެވެ. "އަޅުގަނޑުމެން ބަލަނީ ކޮންމެ ދުވަހަކުވެސް ކުޅުންތެރިން ކުޅޭ ގޮތަށް. އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ލިބޭނެ. މިއީ ފުޓްބޯޅައިގެ އާންމު އުސޫލު،" ޓެން ހާގް ބުނެފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

14 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy