ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން
މި އަހަރުގެ ފުރަތަމަ 10 މަސް ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,421,769 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދަކީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.2 އިންސައްތައިގެ ކުރިއެރުމެކެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އިތުރަށް ހާމަވާ ގޮތުގައި 2022 ވަނަ އަހަރުގެ މި މުއްދަތުގައި 1,133,654 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، 2023 2023 ވަނަ އަހަރުގެ މި މުއްދަތުގައި 1,290,332 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ޤައުމުން 207,749 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމުލަ ފަތުރުވެރިންގެ 14.6 އިންސައްތައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިން ކަމަށްވާއިރު، އެ ޤައުމުން 154,178 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައިގައިވާ އިނގިރޭސިވިލާތުން 121,903 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިހާރު ރާއްޖޭގައި ފަތުރުވެރިކަމަށް 1,222 ތަނެއް ހިންގަމުން ގެންދެއެވެ. މީގެ ތެރޭގައި 174 ރިސޯޓާއި، 881 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީ އުޅަނދާއި 14 ހޮޓާ ހިމެނެއެވެ. މި ތަންތަނުގައި ޖުމުލަ 62,778 އެނދު ފަތުރުވެރިކަމަށް އޮޕަރޭޓްކުރެވެމުންދެއެވެ.
މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އަހަރުން އަހަރަށް ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ކޮވިޑް-19 ބަލިމަޑުކަމަށްފަހު ފަތުރުވެރިކަން އަވަސް ސްޕީޑެއްގައި އާރާސްތުވަމުން އަންނަކަން މި ހިސާބުތަކުން ހާމަވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް