ބާޒާރުގައި ފިޔާގެ އަގުވަނި އުފުލިފައި
ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެ، އަގު ބޮޑުވެފައިވާ މައްސަލައަށް އަންނަ ހަފްތާގައި ހައްލު ލިބޭނެކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސްގައި ހީނާ ވިދާޅުވި ގޮތުގައި، ފިޔާގެ ދަތިކަން ހައްލުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މަސައްކަތްކުރަމުންދެއެވެ. މި ގޮތުން، އަންނަ ހަފްތާގެ ހޮނިހިރު ނުވަތަ އާދިއްތަ ދުވަހު އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އިތުރު ފިޔާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
"މިހާރު ދިމާވެފައިވާ ފިޔާގެ ދަތިކަމަކީ ވަގުތީ މައްސަލައެއް. އަޅުގަނޑުމެން އުއްމީދު ކުރަނީ އަންނަ ހަފްތާގެ ތެރޭގައި މި މައްސަލައަށް ހައްލު ލިބޭނެ ކަމަށް" ހީނާ ވިދާޅުވިއެވެ.
ފިޔާގެ ދަތިކަން ދިމާވެފައިވަނީ އިންޑިއާގެ މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުމާއި އެކްސްޕޯޓް ކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެންނެވެ. އިންޑިއާއަކީ ރާއްޖެއަށް ގިނައިން ފިޔާ އެކްސްޕޯޓްކުރާ މައިގަނޑު ޤައުމެވެ.
ހީނާ އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން މި މައްސަލައަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައި، އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދެއެވެ. އަދި ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދަތިކަމަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް