ސަރުކާރުން 16 ޖަމިއްޔާއަކަށް 3 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޫކޮށްފި

ޔޫތު މިނިސްޓަރ އިބުރާހިމް ވަހީދު / ފޮޓޯ:ޔޫތު މިނިސްޓްރީ

ސަރުކާރުން 16 ޖަމިއްޔާއަކަށް 3 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޫކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދެވެ.

ހީނާ ވިދާޅުވީ ޔޫތު މިނިސްޓްރީން ގްރާންޓް ދޫކުރާނެ 16 ޖަމިއްޔާއެއް ކަނޑައަޅައި ޖުމުލަ 3 މިލިއަން ރުފިޔާ އެ ޖަމިއްޔާތަކަށް މިހާރު ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް ގްރާންޓް ދޫކުރި ޖަމިއްޔާތަކާއި ޖަމިއްޔާތައް ކަނޑައެޅުމުގައި މިނިސްޓްރީން ބެލި މިންގަނޑުގެ ތަފްސީލެއް ނުދެއެވެ.

"އޭގައި ވަރަށް ގިނަ ޓެކްނިކަލް ވާހަކަތަކެއް ވެސް ހިމެނޭތީ، އެންމެ ރަނގަޅު ވާނީ މިނިސްޓްރީން ސާފުކުރިއްޔާ، މިނިސްޓްރީން އެ ތަފްސީލްތައް މީޑިއާތަކަށް ދޭނެ،" ތަފްސީލުތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ހީނާ ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރުކަމާ އިބްރާހީމް ވަހީދު (އަސްވާޑު) ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ޖަމިއްޔާތަކުން ސަރުކާރުގެ އެހީތެރިކަމަށް އެދޭ ކަން ފާހަގަ ކުރައްވައިފައެވެ. އަދި އެ ކަމަށް މިނިސްޓްރީން އުސޫލުތަކެއް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު އޭރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދީނީ ޚިދުމަތް ފޯރުކޮށްދޭ ޖަމިއްޔާތަކާ އެކީ އިސްލާމިކް މިނިސްޓްރީން އިއްޔެ ބޭއްވި މަހާސިންތާއެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ އެ ޖަމިއްޔާތަކަށް މާލީ އެހީތެރިކަމާއި މިނިސްޓްރީން ވަސީލަތްތައް ފޯރުކޮށްދޭނެ އުސޫލެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ޔޫތު މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އާޓިސްޓުންނަށް ވެސް ކޮންމެ އަހަރަކު 25 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދޫކުރައްވާނެ ކަމަށް ވެސް ރައީސް މުހައްމަދު މުއިއްޒު މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

17 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy