ޗައިނާއާއެކު ވިޔަފާރި އިތުރުވެ، އަހަރަކު 1 ބިލިއަން ޑޮލަރަށް އަރާނެ: ސަރުކާރު

ތަރުޖަމާނު ހީނާވަލީދު / ފޮޓޯ: ރައީސް އޮފީސް

 

ރާއްޖެ އާއި ޗައިނާއާ ދެމެދު މިހާރު އަހަރަކު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރާ ކަމަށާއި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އަށް އަމަލު ކުރަން ފެށުމުން އެ ވިޔަފާރި ބޮޑު ތަނުން އިތުރުވެ، އަހަރަކު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި ޗައިނާގެ އެފްޓީއޭއަށް މި މަހު އަމަލުކުރަން ފަށާނެ އެވެ. އަދި މި މަހު ގާއިމުކުރި ލޯކަލް ކަރަންސީ ސްވޮޕް އެގުރިމަންޓާ ގުޅޭ ގޮތުން ސަރުކާރުގެ ނަޒަރު ވެސް އޭނާ ހާމަކުރެއްވި އެވެ.

"ދިވެހިރާއްޖެ އާއި ޗައިނާއާ އެކީގައި މިހާރު އެފްޓީއޭގެ އެގްރިމަންޓުގައިވާ ގޮތުގެ މަތިންނާއި މި އެފްޓީއޭއަށް އަމަލުކުރަން ފެށުމާ ގުޅިގެން 1 ބިލިއަން ޑޮލަރަށް މި ވިޔަފާރި ފުޅާވެގެންދާނެ،" ހީނާ ވިދާޅުވި އެވެ.

ކަރަންޓު އެކައުންޓުގެ މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދިވެހި ރުފިޔާއިން ކުރެވޭ ގޮތަށް ސަރުކާރުން ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ)އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި މިއިން ވެސް ފައިދާތަކެއް ވާނެ ކަމަށް ހީނާ ވިދާޅުވި އެވެ. މީގެ ސަބަބުން ޑޮލަރަށް ބަރޯސާވުން ކުޑަވެ، ދަތުރުފަތުރާއި މުދާ ގަތުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޗައިނާއަކީ ރާއްޖޭގެ ދަރަނީގެ ބޮޑު ބައެއް ނިސްބަތްވާ ގައުމަކަށް ވާއިރު، ސަރުކާރުން ގެންދަނީ ޗައިނާއާއެކީ އިތުރަށް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ލޯނު ދެއްކުން ފަސް އަހަރަށް ފަސްކުރުމުގެ ސިގުނަލެއް ޗައިނާއިން ދީފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ 26 ޖުލައިގައި ވިދާޅުވެފައިވެ އެވެ.

ޗައިނާއާ އެކީ އެފްޓީއޭއެއް ފުރަތަމަ ގާއިމުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކަމަށް ވިޔަސް، ދެން އައި ސަރުކާރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އެފްޓީއޭ ތަންފީޒުކޮށްފައެއް ނުވެ އެވެ. ނަމަވެސް މިހާރުގެ ސަރުކާރުން މި މަހު އެފްޓީއޭ ތަންފީޒުކުރަން ފެށުމާއެކު، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy