މަޖިލިސް ޖަލްސާގެ ތެރެއިން / ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުން މިއަދު ދައުރުން ބޭރުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ކުންފުންޏާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކެއް ވަނީ ކޮމެޓީން ފާސްކޮށްފައެވެ.
މިއަދު ހެނދުނު 9:00 ގައި ފެށުނު ޖަލްސާގައި، އެ އިސްލާހުތަކާ މެދު ގާތްގަނޑަކަށް އެއް ގަޑިއިރު ވަންދެން ބަހުސްކުރުމަށްފަހު، މަޖިލީހުން ވަނީ އެ އިސްލާހުތައް ބަލައިގަނެ އިގްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ. އޭގެ ފަހުން، މެންދުރުފަހު 11:30 ގައި ބޭއްވުނު އިގްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި، އެއްވެސް ބަދަލެއް ނުގެނެސް އެ އިސްލާހުތައް ފާސްކޮށް، އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވެއެވެ.
މި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:
1. ހިއްސާދާރުންގެ ޚާއްޞަ އާންމު ޖަލްސާއަކަށް ނޯޓިސް ފޮނުވުމުގެ މުއްދަތު 21 ދުވަހުން 3 ދުވަހަށް ކުރުކުރުން.
2. ޚާއްޞަ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް މުއްދަތު 14 ދުވަހުން 7 ދުވަހަށް ކުރުކުރުން.
3. ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަޤާމު ހުސްވުމުން އައު މީހުން އައްޔަންކުރުމުގެ މުއްދަތު 30 ދުވަހުން 10 ދުވަހަށް ކުރުކުރުން.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މާދަމާ ވެސް ދައުރުން ބޭރުގެ ޖަލްސާއެއް ބޭއްވޭނެއެވެ.
މާދަމާގެ ޖަލްސާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްބާސް ޝަރީފް އައްޔަންކުރުމަށް ރުހުން ދިނުމާއި، މިއަދު ފާސްކުރި ކުންފުންޏާ ބެހޭ ގާނޫނުގެ އިސްލާހުތަކަށް ވޯޓަށް އެހުން ހިމެނޭނެ ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް