ކުރިން އޮތް އަޑުއެހުމެއްގައި ރައީސް ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިއަށްދާ ވ. އާރަށު ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލައިފިއެވެ.
މިގޮތަށް ނިންމަވާފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެވެ.
ޝަރީއަތް މަޑުޖައްސާލަން ނިންމެވި މައިގަނޑު ސަބަބުތަކަކީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލައެއް އޮތުމާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި ފުށުއަރާ ކަންކަން ހުރުމެވެ.
ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ، ކުރިން ކްރިމިނަލް ކޯޓުގައި ހިނގި ޝަރީއަތަށް ޔާމީންގެ ދިފާއީ ހެކިންގެ ވާހަކަ ނަފީކުރުމަށް ދައުލަތުން ހުށަހެޅި އާ ހެކިތައް އެއް ފަރާތް ކުރުމަށް ހައި ކޯޓުން ނިންމި ނިންމުމެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެފައިވީ ނަމަވެސް، އަޑުއެހުންތައް އަދި ފަށާފައެއް ނުވެއެވެ.
ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވި ގޮތުގައި، ޝަރީއަތް ކުރިއަށް ގެންދިއުމަށް އިއުތިރާޒު ކުރެއްވި މައިގަނޑު ދެ ސަބަބަކީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އަސަރުކުރާނެ ހުށަހެޅުންތަކެއް ހިމެނިފައިވުމާއި، ޔާމީން ތަހުގީގަށް ދެއްވި އިންޓަވިއުތަކުގެ ރެކޯޑިންތައް ހުރި ސީޑީތައް ނުލިބި ހުރުމެވެ.
ގާޒީ އަލީ ނަދީމް ނިންމެވީ، ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކަންކަމަށް ގޮތެއް ނިންމައިފިނަމަ ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އަސަރުކުރާނެތީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި މަޑުޖައްސާލުމަށެވެ. އަދި ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ސީޑީތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ކްރިމިނަލް ކޯޓަށް އެންގެވިއެވެ.
ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ފަށާފައިވަނީ އެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގިތާ ހަތަރު މަސް ފަހުންނެވެ. ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، މި ޝަރީއަތް ކުރިއަށްދަނީ ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށްގެންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް