މަޖިލިހުގެ ނައިބު ރައީސް ނާޒިމް / ފޮޓޯ:މަޖިލިސް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޒިންމާދާރު މަގާމުތަކަށް ދިވެހިން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ގޮވާލައްވައިފިއެވެ.
ނާޒިމް މިފަދައިން ވިދާޅޫވެފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުންފުނިތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
ނާޒިމް ވިދާޅުވީ ބީއެމްއެލްގެ އިސް މަގާމުތަކުގައި ތިބި ބޭރުގެ މުވައްޒަފުންނަށް 15,000 ޑޮލަރުގެ މުސާރަ ދެމުންދާއިރު، މި މަގާމުތަކަށް ދިވެހިން ލެވޭތޯ ބަލަންޖެހޭ ކަމަށެވެ. އަދި ދިވެހިންގެ ބޭންކު، ދިވެހިންގެ ކޮންޓްރޯލު ނެތި ހިންގާނަމަ ކުރިއަށް އޮތްތަނުގައި ސީރިއަސް މައްސަލަތަކެއް ދިމާވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލުގެ ބަހުސްގައި ސަރުކާރު މެންބަރުން ވިދާޅުވަޅުވަނީ މިއީ މިވަގުތަށް މުހިއްމު ބަދަލެއް ކަމަށާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާވާނެ ބަދަލެއް ކަމަށެވެ.
މިދިޔަ އޮގަސްޓު މަހު ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމުމާ ގުޅިގެން، ބޭންކާއި އިދިކޮޅު ފަރާތްތަކުން މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުންދަނިކޮށް، ބޭންކުގެ ސީއީއޯ ވަނީ މި މަހުގެ 8 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.
މި އިސްލާހުގެ ސަބަބުން، ކުންފުނިތަކުގެ އާންމު ޖަލްސާތައް އަވަހަށް ބޭއްވުމަށް މަގުފަހިވެ، ބީއެމްއެލް ފަދަ މުހިއްމު މާލީ އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް