މިނިސްޓްރީން ބޭއްވާ މަހާސިންތާގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ
ނަމާދަށް އަހުލުވެރި ކުރުމަށް ޖަމިއްޔާތަކުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް އިސްލާމިކް މިނިސްޓްރީން މާލީ އެހީ ފޯރުކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައި ވަނީ އިއްޔެ ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވުނު ދީނީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައެވެ.
މިނިސްޓަރ ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ފިކުރީ އަދި އިޖުތިމާޢީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ސަރުކާރާއި ދީނީ ޖަމިއްޔާތަކާއި ޢިލްމުވެރިން ގުޅިގެން މަސައްކަތްކުރުން މުހިންމެވެ. އަދި މިކަމަށް ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްޢިއްޔާއަކުން 98 މަންދޫބުން ބައިވެރިވާއިރު، ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ހިއްސާކުރުމާއި ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި، ރާއްޖެ އިސްލާމްވިތާ 900 އަހަރާ ގާތްވަމުންދާއިރު، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކުރިން ދިމާވެފައިނުވާ ފަދަ ބޮޑެތި ގޮންޖެހުންތަކެކެވެ. މި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، ރާއްޖޭގެ އިސްލާމީ ސައްޙަ ޢަޤީދާ ހިމާޔަތްކޮށް، ދީނީ އެއްބައިވަންތަކަން ނަގަހައްޓައި، އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް