ޔަމާލްގެ ދެ ގޯލާއެކު ބާސެލޯނާ އިން ޖިރޯނާ ބަލިކޮށްލައިފި

ބާސާގެ ޒުވާން ފޯވާޑު ލަމީން ޔަމާލް

ސަތާރަ އަހަރުގެ ފޯވާޑް ލަމީން ޔަމާލް ޖެހި ދެ ގޯލާ އެކު، ބާސެލޯނާ އިން ރޭ ކުޅުނު މެޗުގައި ޖިރޯނާ 4-1 އިން ބަލިކޮށްލައިފި އެވެ.

މި މޮޅާއި އެކު ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އާ ސީޒަނުގައި މޮޅުވުމުގެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.

ހަންސީ ފްލިކްގެ ކޯޗުކަމުގައި ބާސެލޯނާ އިން މި ސީޒަނުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. މި މޮޅުވުމާ އެކު ބާސެލޯނާ މިހާރު ވަނީ 15 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ޔަމާލް، ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހި އެވެ. އޭގެ ހަތް މިނިޓް ފަހުން، ރަފީނިއާ އާއި ރޮބަޓް ލެވަންޑޯސްކީ ގުޅިގެން އުފެއްދި އެޓޭކެއްގައި ޔަމާލް ދެވަނަ ލަނޑު ޖެހި އެވެ. ބާސެލޯނާގެ އިތުރު ދެ ލަނޑު ޖެހީ ޑެނީ އޮލްމޯ އާއި ޕެޑްރީ އެވެ. އޮލްމޯގެ ލަނޑު އައީ ދެވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭގައެވެ. ޕެޑްރީގެ ލަނޑު ޖެހީ މެޗުގެ 64 ވަނަ މިނިޓްގައެވެ.

ޖިރޯނާގެ ފަރާތުން ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓިއަން ސްޓުއާނީ އެވެ. މެޗުގެ ފަހު މިނިޓްތަކުގައި ބާސެލޯނާގެ ފެރަން ޓޮރޭޒް އަށް ރަތް ކާޑު ދެއްކުމާ ގުޅިގެން، ބާސެލޯނާ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy