މިނިސްޓަރ މޫސާ ޒަމީރު
ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމަކީ ވަގުތީ ކަމެއް ކަމަށާއި މި ހާލަތުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީ ހޯދަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިހެން ވިދާޅުވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ އެކު ސްރީ ލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ ގައުމުގެ މަރުކަޒީ ބޭންކާއި ދާއިރާގެ އެހެން ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު އިއްޔެ ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގަ އެވެ. މި ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ދަރަނި އަދާކުރަން ޓެކްސް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ޒަމީރުގެ މި ބަސްފުޅު އައިސްފައިވަނީ ބޭރުން ފައިސާ ނުލިބިއްޖެ ނަމަ ދަރަނި ނުދެއްކޭ ފަދަ ހާލަތަކަށް ރާއްޖެ ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ލަފާކޮށް ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން މިދިޔަ ބުދަދުވަހު ރާއްޖޭގެ ރޭޓިން ދަށްކޮށްފައި ވަނިކޮށެވެ. މޫޑީސްއިން ވަނީ ރާއްޖެއަށް ދީފައިވާ ސީއޭއޭ-1 ރޭޓިން މުރާޖައާކޮށް، ރާއްޖޭގެ ރޭޓިން ސީއޭއޭ-2އަށް ދަށްކޮށްފައެވެ. މިއީ މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިންއެކެވެ.
މީގެ އިތުރުން، ފިޗް ރޭޓިންގްސްއިން ވެސް ވަނީ މި އަހަރު ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެގޮތުން ޖޫންގައި 'ބީ މައިނަސް'އިން 'ސީސީސީ ޕްލަސް'އަށް އަދި އޮގަސްޓުގައި 'ސީސީސީ ޕްލަސް'އިން 'ސީސީ'އަށް ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވެއެވެ.
މި ހުރިހާ ކަމަކާ އެކުވެސް، ފޮރިން މިނިސްޓަރު ޒަމީރު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަކީ ވަގުތީ ކަންކަމެވެ. އަދި މި ހާލަތުން އަރައިގަތުމަށް އައިއެމްއެފްގެ އެހީތެރިކަން ހޯދަން ޖެހޭނެ ކަމަކަށް ސަރުކާރުން ނުދެކެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް