ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އެޅުން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ

9 ބުރިއަށް ހަދާ މި އޮފިީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 9 ޖަހާއިރު ހުޅުމާލޭގައި ބާއްވާފައިވާއިރު، މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ކުންފުނީގެ ޗެއާރމަން އަދި މެނޭޖިންގ ޑިރެކްޓަރާއި ބޯޑު މެންބަރުންނާއެކު ކުންފުނީގެ އިސްވެރިންނެވެ.

95435fc8-619d-4551-9691-73320c205184.jpeg

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ ކުޑަ ކުންފުންޏެއް ނޫން ކަމަށާއި، އެއީ ކުންފުނީގެ އަމިއްލަ ޒާތުގައި ކުންފުނި ހިންގުމުގެ ޤާބިލްކަން ހުންނަންޖެހޭ ބޮޑު ކުންފުންޏެއް ކަމަށެވެ.

ވޭތުވެދިޔަ 11 އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި މިވަނީ، ހައްޖު ކޯޕަރޭޝަން އެންމެ ރަނގަޅު ގޮތުގައި ހިންގާފައިނުވާތީވެ، އަބަދުވެސް ސަރުކާރަށް ވަރަށް ބޮޑަށް ބަރޯސާވެގެން ހިންގަންޖެހޭ ކުންފުންޏެއްގެ ގޮތުގައި. އެހެންނަމަވެސް ރައީސް ޑރ މުޙައްމަދު މުޢިއްޒު އަޅުގަނޑު ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އެޕޮއިންޓް ކުރުމަށްޓަކައި އަޅުގަނޑު ގެންދަވާފަ ހައްޖު ކޯޕަރޭޝަން ކޮޅަށް ޖައްސަވަން އެދިލެއްވި. އެހެންކަމުން، އިދާރަކުރެއްވިއްޔާ އެ މަސައްކަތް މިއަދު ފެށިގެން މި ދިޔައީ - ޝަކީލް ވިދާޅުވިއެވެ.

a2dead3f-ef72-49e2-afb6-df1e9d9b120a.jpeg

މީގެ އިތުރަށް ޝަކީލް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ފެށިގެންދާނެ ކަމަށާއި، އެގޮތުން ހުޅުމާލޭގައި ލަގްޒަރީ ރެޒިޑެންޝަލް އިމާރާތެއް އެޅުމަށްޓަކައި ވާންޖެހޭ އިދާރީ ތައްޔާރީތަކުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.

މާތް ﷲ ގެ ހެޔޮ ރަޙްމަތާއެކު، ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމާ އެއްގޮތަށް ހައްޖު ކޯޕަރޭޝަންގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދާނަން. އަދި ހައްޖު ކޯޕަރޭޝަންގައި ހިނގާ ހުރިހާ ކަންކަމަކީވެސް ދެ ފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ޚިދުމަތްތަކެއްގެ ގޮތުގައި ވެގެންދާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު އަރުވަން - ޝަކީލް ވިދާޅުވިއެވެ.

3e0ce55f-bc74-4571-adca-7f0b160e7721.jpeg

މި އިމާރާތް 18 މަސްދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، އިމާރާތް ނިމުމާއެކު ހައްޖު ކޯޕަރޭޝަންގެ ހުރިހާ މަސައްކަތްތައް ކުރިއަށްދާނީ މި އިމާރާތުގައެވެ. މީގެ އިތުރުން، އިމާރާތުގެ ބައެއް ފްލޯތައް ކުއްޔަށް ދީގެން އިތުރު އާމްދަނީ ހޯދުމަކީވެސް ކުންފުނީގެ އެއް ވިސްނުމެވެ.

a8f30126-2ffe-4e07-bee9-446bda5c7f1a.jpeg

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

26 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy