މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހޭ ނިސްބަތް މި އަހަރު އިތުރުވެއްޖެ

ޒަކާތުފަންޑަށް ލިބޭ މިންވަރު އިތުރުވެއްޖެ

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، މި އަހަރު ބޮލަކަށް ޖެހޭ ނިސްބަތް އެހެން އަހަރުތަކަށް ވުރެ ގިނަވެއްޖެ އެވެ.

ޒަކާތު ހައުސްއިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި އަހަރު ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ދަފްތަރުވެފައިވާ މީހުންނަށް ބޮލަކަށް 4،000 ރުފިޔާ ބަހާނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ހައުސްއިން ބުނި ގޮތުގައި، ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ދަފްތަރުވެފައިވާ 3،193 މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރަން މިއަދު ވަނީ ފަށާފައެވެ. މިއީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާ ގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.

ޒަކާތު ހައުސްއިން ދިން މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ އަހަރު ބެހީ ބޮލަކަށް 3،500 ރުފިޔާ އެވެ. އަދި 2022 ވަނަ އަހަރު ބޮލަކަށް 3،000 ރުފިޔާ ބެހިއިރު، އޭގެ ކުރީ އަހަރު ބެހީ 2،700 ރުފިޔާ އެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި އަހަރުތަކާ އަޅާބަލާއިރު މި އަހަރު ބޮލަކަށް ޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ.

ޒަކާތުގެ ފައިސާއިން ސީދާ މިގޮތަށް ދޭ ފައިސާގެ އިތުރުން އެހެން ހޭދަތައް ވެސް ކުރާ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އޭގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށް އެހީ ދިނުމާއި ބޭސްފަރުވާ ކުރުމަށް އަދި ހާއްސަ ހާލަތްތަކާއި ކުއްލި ހާލަތު މެދުވެރިވެގެން ދޭ އެހީތައް ހިމެނެ އެވެ. އަދި ޒަކާތު ފަންޑުން މި އަހަރު އެންމެ ގިނަ ފައިސާ ހޭދަކުރީ ބޭސްފަރުވާގެ އެހީއަށް ކަމަށާއި، އެ ފަންޑުން 16.7 މިލިޔަން ރުފިޔާ ބޭސްފަރުވާއަށް ދީފައިވާ ކަމަށް ވެސް އެ އިދާރާއިން ހާމަކޮށްފައިވެ އެވެ.

ޒަކާތު ހައުސްއިން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ 9،353.40 ރުފިޔާ އެވެ. މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

15 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy