ޒަޔަނިސްޓް އިސްރާއިލުން އިއްތިޙާދުގެ ވެރިޔާ އެޤައުމަށް ވަނުން މަނާކޮށްފި

ޖޮސެޕް ބޮރެލް

ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ޖޮސެޕް ބޮރެލް އިސްރާއީލަށް ކުރަން ހަމަޖެހިފައިވާ ދަތުރަށް އިސްރާއިލުން ހުރަސް އެޅުމުން ކެންސަލްކުރަން ޖެހިއްޖެއެވެ.  

އިސްރާއިލުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮރެލް ދަތުރަށް ހުރަސް އަޅާފައިވަނީ އިސްރާއީލުގެ ޚާރިޖީ ވަޒީރު އިޒްރާއެލް ކަޓްޒް އެވެ. އޭނާ ވަނީ ބޮރެލް އިސްރާއިލަށް ޒިޔާރަތްކުރުމަށް ބޭނުންވަ ހުއްދަ ދިނުމަށް އިންކާރުކޮށްފައެވެ.

ބޮރެލް ވަނީ އިސްރާއީލުގެ ބައެއް ވަޒީރުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ދަތުރު ކެންސަލްވުމުން، އިސްރާލާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެދާނެކަމަށް ބެލެވެއެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވުމަށް ގޮވާލާފައިވެއެވެ. އިސްރާއީލުން ވަނީ އޮކްޓޯބަރު މަހު ހަމާސްގެ ހަމަލާއަކަށްފަހު ޣައްޒާއަށް ހަނގުރާމަ އިއުލާންކޮށްފައެވެ. މިހާތަނަށް 41،100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 95،100 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.

ބޮރެލް ވަނީ އިއްޔެ ޣައްޒާގެ ނުސައިރާތު ކޭމްޕުގައި ހުރި އދ. ގެ ސްކޫލަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 18 މީހުން މަރުވެފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ކުރިން ބޮރެލް ވަނީ އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވައި، ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

ބޮރެލް މިވަގުތު ހުންނެވީ ސަރަޙައްދީ ދަތުރެއްގައެވެ. މި ދަތުރުގައި އޭނާ މިސުރާއި ލުބުނާނަށް ޒިޔާރަތްކޮށް، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކުރަމުންދެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy