ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުރުފުޅުގެ ތެރެއިން
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ފައިސާގެ މުޢާމަލާތްތައް ފަސޭހަކުރުމަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ފައިސާ ބޭނުންކޮށްގެން ސީދާ މުޢާމަލާތްކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ދިވެހި ސަރުކާރާއި ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) އާ ދެމެދުގައެވެ. މި އެއްބަސްވުމަކީ ރައީސް މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެކެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިކުރުމާއި އިންވެސްޓްކުރުން ފަސޭހަކުރުމެވެ. މީގެ ދަށުން ދިވެހި ރުފިޔާއާއި ޗައިނީޒް ޔުއާން ބޭނުންކޮށްގެން ސީދާ އިންވެސްޓްމަންޓްތައް ކުރެވޭނެއެވެ. އަދި ކަރަންޓް އެކައުންޓުން ސެޓްލްމަންޓް ހެދުމަށް މަގުފަހިވާނެއެވެ.
ޗައިނާއިން މުދާ އިމްޕޯޓުކުރާ ވިޔަފާރިވެރިންނަށް މުޢާމަލާތްތައް ފަސޭހަވެގެންދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދޭތެރޭގައި އިންވެސްޓްކުރުން އިތުރުވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ކުރީގެ ސަރުކާރުގައި ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން މި ގުޅުން އަލުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ފަސްކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަން ވެސް ފާހަގަކުރެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް