މީރާ
ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ޑޮލަރުން ޓެކްސް ދައްކަންޖެހޭ ގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
މި ބަދަލު ގެނައީ ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރި އިސްލާހަކުންނެވެ.
މި އިސްލާހާ އެކު، ވިޔަފާރިތަކުން މައިގަނޑު ގޮތެއްގައި ބޭނުންކުރާ ފައިސާއަކީ ބޭރު ފައިސާއެއް ނަމަ، މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި މާލީ ބަޔާންތަކުގައި ބޭނުންކުރާނީ ޑޮލަރެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާނީ 2024 ވަނަ އަހަރުގެ ޓެކްސް އަހަރުން ފެށިގެންނެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި މި ބަދަލާ އެކު ދައުލަތުގެ އާމްދަނީއަށް އިތުރަށް 40-80 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މި ބަދަލަކީ ޑޮލަރުގެ އާމްދަނީ އިތުރުކޮށް ރާއްޖޭގައި ހިފެހެއްޓުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މީގެ އިތުރުން ޕެންޝަނާއި އިމްޕޯޓް ޑިއުޓީ ވެސް ޑޮލަރުން ދެއްކޭ ގޮތަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
މި އިސްލާހުގެ ދަށުން، ވިޔަފާރިއެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަކީ ރުފިޔާ ކަމަށްވާނަމަ، ޓެކްސް ބިނާކުރެވޭ އާމްދަނީއަށް މީރާއަށް ދައްކަންޖެހޭ ޓެކުހާއި އިންޓެރިމް ޕޭމަންޓު ރުފިޔާއިން ނުވަތަ ޑޮލަރުން ދެއްކޭނެއެވެ. އެހެންނަމަވެސް، ޕްރެޒެންޓޭޝަން ކަރަންސީއަކީ ޑޮލަރު ނަމަ، މި ޓެކުހާއި އިންޓެރިމް ޕޭމަންޓު ވެސް ދައްކަން ޖެހޭނީ ޑޮލަރުންނެވެ.
މި ބަދަލު ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް، މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިން ޓެކްސް ދެއްކުމަށްވެސް ރައްދުވާނެއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ 31 އޮކްޓޫބަރު 2024 ނުވަތަ އެ ތާރީހުގެ ފަހުން ނިމޭ މުއްދަތުތަކަށް ފައިސާ ދެއްކުމުގައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް